ads
ނޭޕާލް އިންޓަނޭޝަނަލް އެއާޕޯޓް--
ނޭޕާލުގައި ތިބި ދިވެހިން ދަތުރުކުރުމުގެ ކުރިން ސަމާލުވާން އެދިއްޖެ
ނޭޕާލުގައި ތިބި ދިވެހިން ދަތުރު ކުރުމުގެ ކުރިން އެގައުމުގެ ސަރުކާރުން ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް އޮޅުންފިލުވުމަށް ފޮރިން މިނިސްޓްރީން އެދިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19 އާ ގުޅިގެން ނޭޕާލުގައި ވެސް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ނިންމާފައި ވަނީ:

  • 22 މާރިޗު 2020 އިން 31 މާރިޗު 2020 އަށް ފަސިންޖަރުން ގޮވައިގެން ދަތުރުކުރާ ބައިނަލްއަޤްވާމީ ކޮމާޝަލް އެއާލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުން.
  • ނޭޕާލްގެ ސަރުކާރުގެ ގެޒެޓްގައި ބަޔާންކޮށްފައިވާ ހިދުމަތްތައް ފިޔަވައި ސަރުކާރުގެ ހުރިހާ އޮފީސްތަކާއި އަމިއްލަ ވިޔަފާރިތައް ބަންދުކުރުން. 
  • ދީނީ، އިޖްތިމާއީ އަދި ޘަގާފީ ބައްދަލުވުންތައް ހިމެނޭގޮތަށް ހުރިހާ އެއްވުންތައް މަނާކުރުން.
  • ހުރިހާ ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގައި ކިޔެވުން މެދުކަނޑާލައި، އެ ތަންތަން 12 އޭޕްރިލް 2020 ގެ ނިޔަލަށް ބަންދުކުރުން.
  • 23 މާރިޗު 2020 އިން ފެށިގެން ނޭޕާލްގައި އެއްގަމުމަގުން ކުރާ ދިގު ދަތުރުތައް ހުއްޓާލުން.

ފޮރިން މިނިސްޓްރީން އެދިފައި ވަނީ ނޭޕާލުގައި ދިރިއުޅޭ ދިވެހިން އެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި ފިޔަވަޅުތަކަށް ބަދަލު އައުން އެކަށީގެން ވާތީ ދަތުރު ކުރުމުގެ ކުރިން މައުލޫމާތު ސާފު ކުރުމަށް ވެސް އެދިފައި ވެއެވެ. 

މިނިސްޓްރީން އިތުރަށް ބުނީ ނޭޕާލުން ދަތުރު ކުރާ އަދި އެގައުމުގައި ދިރިއުޅޭ ދިވެހިން ރަޖިސްޓްރީ ވާން ޖެހެނީ ޕާކިސްތާނުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގައި ކަމަށެވެ. 

އޭގެ އިތުރުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ފިޔަވައި އެންމެން 14 ދުވަހަށް ކަރަންޓީން ކުރަން ނިންމާފައި ވާތީ، ނޭޕާލުން އަންނަ މީހުން ވެސް ދަތުރު ކުރުމުގެ ކުރިން ޕާސްޕޯޓް ނަންބަރާއި، ފްލައިޓުގެ ތަފްސީލް މިނިސްޓްރީއަށް ނުވަތަ އެންމެ ކައިރީގައި ހުންނަ ޑިޕްލޮމެޓިކް މިޝަނަށް އެންގުމަށް އެދިފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް