ads
ކޮވިޑް-19 އާ ގުޅޭ ގޮތުން ކެބިނެޓުގައި މަޝްވަރާ ކުރަނީ-- ފޮޓޯ: ޓްވިޓާ/ އަބްދުﷲ ޝާހިދު
ނޭޕާލުގައި ތިބި 35 ދަރިވަރަކު މާދަމާ ރާއްޖެ އަންނަނީ
ނޭޕާލުގައި މި ވަގުތު ތިބި މެޑިސިން ކިޔަވާ ދިވެހިންގެ ތެރެއިން 35 ދަރިވަރަކު މާދަމާ ރާއްޖެ ގެނައުމަށް ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނޭޕާލުން 35 ދަރިވަރަކު މާދަމާ ރާއްޖެ އަންނާނެ ކަމަށެވެ. 

އަދި އެގައުމުގައި ބާކީ ތިބި ދިވެހި މެޑިކަލް ދަރިވަރުން އަންނަ ހޯމަ ދުވަހު ރާއްޖެ އަންނާނެ ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޭރުގައި ތިބި ދިވެހިންނަށް އެހީވުމަށް ކެނޑިނޭޅި މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. 

ކޮވިޑް-19 ޓާސްކްފޯހުގެ ތަރުޖަމާނު، މަބްރޫކް އަޒީޒް މިރޭ ވިދާޅުވީ، ނޭޕާލުގައި ތިބި 35 މެޑިކަލް ސްޓޫޑަންޓުން ސަރުކާރުގެ ހަރަދުގައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

މަބްރޫކް އިތުރަށް ވިދާޅުވީ، އެގައުމުގައި ތިބި އިތުރު 65 ކުއްޖަކު ވެސް އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް