ads
ފުލުހުންގެ ލޯންޗެއްގައި ބަޔަކު ރޯކޮށްލާފައި--
ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލައިފި
ލ. ގަމު، ތުނޑި އަވަށު ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗު34ގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ، މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 3:54 ގައި ކަމަށެވެ.

އެގޮތުން އެ މައުލޫމާތު އެމްއެންޑީއެފަށް ހިއްސާކޮށްފައިވާކަން ފާހަގަކޮށް ފުލުހުން ބުނީ އެ ލޯންޗު ކައިރިއަށް ދިޔައިރު ޕޮލިސް ލޯބްޗުގެ ވާއޮތީ ކަނޑާލާފައި ކަމުން ބެލެވެނީ މިއީ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ. 

ފުލުހުން ބުނީ، އެމްއެންޑީއެފުން ލޯންޗުގައި ރޯވި އަލިފާންގަނޑު ނިއްލާފައިވަނީ ފަތިހު ފަހެއް ޖަހާއިރު ކަމަށާއި ނަމަވެސް ލޯންޗު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށެވެ.

މިހާދިސާގައި މީހަކަށް އަނިޔާއެއް ނުވެ އެވެ. އަދި އިތުރު އެއްވެސް އުޅަނދަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ. 

މިކަން ހިނގި ގޮތް ފުލުހުން ދަނީ ބަލަމުންނެވެ. 

4%
ކަމުގޮސްފި
15%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
15%
ވަރަށް ސަލާމް
ކޮމެންޓްސް