ads
މާލެ އާސަހަރާ މިސްކިތް---ފޮޓޯ:އަވަސް
ހުޅުމާލޭގެ ބަސް ސްޓޮޕްތައް ޑިސްއިންފެކްޓް
މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި މަރުވާ މީހުންގެ ކަށުނަމާދު ކުރާނީ ހަމައެކަނި ދެ މިސްކިތެއްގައި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ކަށުނަމާދު ހަމައެކަނި ދެ މިސްކިތެއްގައި ކަށުނަމާދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން އެ ދެ މިސްކިތަކީ މާލޭގެ އާސަހަރާގެ މަސްޖިދުއް ތައާވުނުގައާއި ހުޅުމާލޭގެ މަސްޖިދުއް ޒައިދް ބިން ޘާބިތްގައި ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

އެ ދެ މިސްކިތުގައި ކަށު ނަމާދު ކުރެވޭނީ ފަރުޟު ނަމާދަކަށް ބަންގިގޮވާ ވަގުތުން ފެށިގެން ބައިގަޑި އިރު ފަހުން ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި މައްޔިތަކު ސަހަރާއަށް ގެންދިއުމަށްފަހު ވީހާވެސް އަވަހަށް ކަށުކަމާކެމީގެ ކަންކަން ނިންމާލުމަށްފަހު ވަޅުލުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް