ވިރާޓް އާއި އަނުޝްކާ--
އިރުއޮއްސޭ މަންޒަރު ބަލަން ވިރާޓްއާ އެކު އަނުޝްކާ ބެލްކަނީގައި!
Share
ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ.
Advertisement
ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަކީ ގިނަ ބަޔަކަށް ވަރަށް ކަމުދާ ޖޯޑެކެވެ.

އަނުޝްކާ މިވަނީ އެމީހުންގެ މުމްބާއީގައި ހުންނަ ގޭގައި އިރުއޮއްސެނިކޮށް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފަ އެވެ. ކޮފީ ތައްޓެއް ހިފައިގެން އަނުޝްކާ އިން އެ ފޮޓޯތައް ނަގައިދީފައިވަނީ އޭނާގެ ފިރިމީހާ އަދި ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީ އެވެ.

މިއީ ދެމީހުން އެކުގައި އިރުއޮއްސޭ މަންޒަރު ބަލަން ބެލްކަނީގައި ތިބުމަށް ފަހު އެމީހުން ނަގާފައިވާ ފޮޓޯތަކެކެވެ. އަނުޝްކާ އާންމު ކުރި ފޮޓޯތަކުގައި އޭނާ އެކަނި ހުރުމުން ބައެއް ސަޕޯޓަރުން ވަނީ ދެމީހުން އެކުގައި ސެލްފީއެއް ނެގުމަށް ފަހު ހިއްސާކުރުމަށް ވެސް އެދިފަ އެވެ.

އާ އަހަރު ސްވިޒްލޭންޑްގައި ފާހަގަކުރުމަށް ފަހު ދާދިފަހުން އެނބުރި ގައުމަށް ދިޔައިރު އެ ޗުއްޓީ ދަތުރުގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

އަނުޝްކާ އާއި ވިރާޓްގެ ކައިވެންޏަށް މިހާރު ވަނީ ދެ އަހަރުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް