ads
މާލޭގެ މަގުމަތި-- ފޮޓޯ: ވީނިއުސް
ކްލޮރިން ލައިގެން މާލޭގެ މަގުތައް ދޮވެލަނީ
ރާއްޖޭގައި ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގެ މަގުތައް ދޮވުމުގެ މަސައްކަތް ފަށައިފި އެވެ.

މާލެ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ކައުންސިލް ގުޅިގެން މާލޭގެ މަގުތައް ކްލޮރިން ލައިގެން ދޮވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. 

އެ މަސައްކަތް ކުރިއަށް ދާއިރު "އަޑީގައި ކުނި ޖަމާވާ ގޮތަށް މަގުމަތީގައި ބަހައްޓާފައި ހުންނަ ޕެލެޓާއި، ހަލާކުވެފައި ހުންނަ ޕެލެޓުތައް" މާދަމާ ހެނދުނުން ފެށިގެން ނަގަމުން ދާނެ ކަމަށް އެ އިއުލާނުގައި ވެއެވެ. 

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް