ads
އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / ސަން
ޕްރެސް ބޭއްވުމުގެ ރެކޯޑް އޮތީ އަޅުގަނޑު އަތުގަ: އަދުރޭ
ޕްރެސް ބޭއްވުމުގެ ރެކޯޑް އޮތީ ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަބްދުރަހީމް އަބްދުﷲ އަތުގައި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މިރޭ ޓީވީ ޗެނަލެއްގައި އަބްދުއްރަހީމް ވިދާޅުވީ، ފެބްރުއަރީ އެއް ވަނަ ދުވަހު ހިނގި ކަންތައްތަކާއި ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ލަފާފުޅުގެ މަތިން ދުވާލެއްގެ މައްޗަށް އެތައް ފަހަރަކު ޕްރެސްތައް ބާއްވާފައިވާ ކަމަށެވެ. އެގޮތުން މި ސަރުކާރުގެ ފަރާތްތަކުން ޕްރެސްތައް ބާއްވަން ދަސްކޮށްފައި ވަނީ އޭނާގެ ފަރާތުން ކަމަށެވެ. 

"އަޅުގަނޑު ފަހުރުވެރިކަމާއެކުގަ މިދަންނަވަނީ މި ރާއްޖޭގަ އެންމެ ގިނަ ޕްރެސް ބޭއްވުމުގެ ރިކޯޑް އޮތީ އަޅުގަނޑުގެ އަތުގަ،"

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަބްދުއްރަހީމް ވިދާޅުވީ، މި ސަރުކާރުން ޕްރެސްތައް ބާއްވަމުން އައި ނަމަވެސް މި ޕްރެސްތަކުގައި ކިޔޭ ނުކިޔޭއެއް ނޭނގޭ ކަމަށެވެ. 

6%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
8%
ސަތޭކައަކުން ސުމެއް
73%
ވަރަށް ސަލާމް
ކޮމެންޓްސް