ads
ހިމާންޝީ---
ހިމާންޝީގެ ޓުވިޓާ އެކައުންޓު ހެކްކޮށްފި
ބިގްބޮސް ސީޒަން 13 އިން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ހިމާންޝީ ކުރާނާގެ ޓުވިޓާ އެކައުންޓު ހެކް ކޮށްލައިފި އެވެ.

ހިމާންޝީ ކުރި ޓުވީޓެއްގައި ބުނީ އޭނާގެ ޓުވިޓާ އެކައުންޓަށް ގޮތެއްވާ ކަމަށެވެ. އަދި މީހަކު އެކައުންޓު ބަންދުކުރުމަށް އެހާ ވަގުތު ހޭދަކޮށްފައިވާތީ އެކަމަށް ޝުކުރު އަދާކުރާ ކަމަށް ހިމާންޝީ ވަނީ ބުނެފަ އެވެ.

އޭގެ އިތުރުން ކަމަކާ ނުލާ، ނަފުރަތު އުފެއްދަނީ ކީއްވެތޯ އާއި މިހާރު ހިތްހަމަޖެހިއްޖެތޯ ހިމާންޝީ ވަނީ އެކައުންޓު ހެކްކުރި މީހާއަށް ސުވާލުކޮށްފަ އެވެ.

އުމުރުން 28 އަހަރުގެ ހިމާންޝީ އެކްޓަރެސްއެއްގެ އިތުރުން މޮޑެލް އެކެވެ. އޭނާ ފެނިގެންދިޔަ ބައެއް ފިލްމުތަކުގެ ތެރޭގައި "ސައްޑާ ހަގް" އާއި "ލެދާ ލައިފް" އަދި " 2 ބޯލް" ހިމެނެ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް