ads
ދީޕިކާ އާއި ރަންވީރު---
ރަންވީރުއަށް އެންމެ ކަމުދަނީ ދީޕިކާގެ "މީނަމްމާ" ކެރެކްޓާ!
ބޮލީވުޑުގެ ކުޅަދާނަ އެކްޓަރު ރަންވީރު ސިންގަށް އޭނާގެ އަންހެނުން އަދި އެކްޓަރެސް ދީޕިކާ ޕަޑުކޮން ކުޅެފައިވާ ކެރެކްޓާތަކުން އެންމެ ކަމުދަނީ މީނަމްމާ ކެރެކްޓަރު ކަމަށް ރަންވީރު ބުނެފިއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ރަންވީރު "އާސްކް މީ އެނީތިން" މެދުވެރިކޮށް ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދީފައިވާއިރު ސަޕޯޓަރަކު ވަނީ ދީޕިކާ ކުޅެފައިވާ ކެރެކްޓާތަކުން އެންމެ ކަމުދަނީ ކޮން ކެރެކްޓަރެއްތޯ ސުވާލުކޮށްފަ އެވެ.

އެސުވާލަށް ޖަވާބުދެމުން ރަންވީރު ވަނީ މީނަމްމާ ކެރެކްޓަރުގެ ފޮޓޯތައް ހިއްސާކޮށްފައެވެ.

މީނަމްމާ އަކީ 2013 ވަނަ އަހަރު ނެރެނު ފިލްމެއް ކަމަށްވާ "ޗެންނާއީ އެކްސްޕްރެސް"ގައި ދީޕިކާ ދައްކުވައިދިން ކެރެކްޓާއެވެ. އެފިލްމުގައި ދީޕިކާ އާއެކު ލީޑު ރޯލުން ފެނިގެންދިޔައި ޝާހު ރުކް ހާން އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ބޮލީވުޑު ފަންނާނުން ގޭގައި ވަގުތު ހޭދަކުރަމުންދާއިރު ރަންވީރު އާއި ދީޕިކާ ވެސް އަންނަނީ ގޭގައި އެކުގައި ވަގުތު ހޭދަކުރަމުންނެވެ.

ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު ދީޕިކާ އާއި ރަންވީރު ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 14 ގައެވެ. 

ދީޕިކާ އެންމެ ފަހުން ފެނިގެންދިޔައީ "ޗަޕާކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ރަންވީރު އެންމެ ފަހުން ފެނިގެންދިޔައިރު އެނާގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ދީޕިކާ ވެސް ފެނިގެންދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް