ޓުއަރިޒަމް މިނިސްޓްރީން ބުނީ މިނިސްޓަރު އަލީ ވަހީދު ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމެޓީއަށް، ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމިއްޔާއިން އައްޔަނުކުރައްވާފައިވާ ކަމަށެވެ.
ގްލޯބަލް ޓޫރިޒަމް ކާރައިސަސް ކޮމިޓީއަކީ މާޗް 19 ގައި ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުންއިން އިންތިޒާމުކުރި "ދަ ގްލޯބަލް ޓޫރިޒަމް ކޯޑިނޭޝަން ވާޗުއަލް މީޓިން" ގައި އެކުލަވައިލުމަށް ނިންމި ކޮމިޓީއެއް ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިކޮމިޓީއަކީ ކޮވިޑް-19 އާގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ފަތުރުވެރިކަމަށް ދިމާވާނެ ކަންކަން ދިރާސާކޮށް، ޖުމްލަ ހައްލެއް ގެނައުމައްޓަކައި ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަނުން އެކުލަވާލިވި ކޮމިޓީއެކެވެ.