ads
މާކް ރަފަލޯ
ޓްރަމްޕަކީ މުޅި މުޖްތަމައުގެ ދުޝްމަނެއް: މާކް ރުފަލޯ
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަކީ މުޅި އިންސާނީ މުޖްތަމައުގެ ދުޝްމަނެއް ކަމަށް އެމެރިކާގެ ފިލްމީ ތަރި މާކް ރުފަލީ ބުނެފިއެވެ.

ސްކައި ނިއުސް އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައި ވަނީ މުޅި ދުނިޔެވެސް ޓްރަމްޕަށް ބަލަންޖެހޭނީ އޭނާ އެއީ ހުރިހާއެންމެންގެ ވެސް އެންމެ ބޮޑު ދުޝްމަނުކަމަށް ކަމުގައެވެ.

މާކް އަކީ ސިޔާސީ ކަންކަމުގައި ބަސްބުނުމުގައި މަޝްހޫރު އެކްޓިވިސްޓެކެވެ. އޭނާ ބުނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޑާކް ވޯޓާސް" އާއި ޓްރަމްޕާ އެއްވެސް ގުޅުމެއް ނެތަސް، ޓްރަމްޕްވެސް ތިމާވެށީގެ ކަންކަމުގައި އަމަލުކުރަނީ އެ ފިލްމުގައި ފެނިގެންދާ ގޮތަށް ކަމަށެވެ.

ޑާކް ވޯޓާސް އަކީ ޓޮޑް ހޭންސް ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ. އެ ފިލްމުން ދައްކައިދެނީ ކެމިކަލް ކޮމްޕެނީ އަކާއި ދެކޮޅަށް މީހަކު ކުރާ މަސައްކަތެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް