ads
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ހުޅުމާލޭގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގައި ހުންނަ އެޑްއޮން ސްޓޯރް ކައިރީ އެވެ. އެގޮތުން ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ދެ ސައިކަލު ވެއްޓިފައި އޮތްއިރު ދެ ހެލްމެޓް ވެސް ބުރައިގެން ގޮސްފައި އޮންނަ މަންޒަރު ފެނެ އެވެ.

އެކްސިޑެންޓުގައި އަނިޔާވި މީހުން ގެންގޮސްފައި ވަނީ ކޮން ހޮސްޕިޓަލަކަށްކަން ސާފު ނުވާތީ ސައިކަލުގައި ތިބި މީހުންނަށް ލިބުނު އަނިޔާ ތަފްސީލެއް ނޭނގެ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް ވެސް އަދި ނުލިބެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް