ads
ދަރިވަރުންތަކެއް އިމްތިހާނެއް ހަދަނީ
ކެމްބްރިޖުގެ މެއި - ޖޫން މަހުގެ އިމްތިހާންތައް ކެންސަލްކޮށްފި
ކެމްބްރިޖް ޔުނިވާސިޓީން އަންނަ މެއި މަހާއި ޖޫން މަހު ބާއްވާ އިމްތިހާންތައް ކެންސަލްކޮށްފިއެވެ

ކެމްބްރިޖު ޔުނިވާސިޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ގިނަ ސްކޫލްތައް ބަންދުކޮށްފައިވާތީ އެޔުނިވާސިޓީން ބާއްވާ ކެމްބްރިޖް އައިޖީސީއެސްއީ އާއި ކެމްބްރިޖް އޯ ލެވެލް އާއި ކެމްބްރިޖް އިންޓަނޭޝަނަލް އޭއެސް އޭ ލެވެލް އަދި ކެމްބްރިޖް އޭއައިސީއީ ޑިޕްލޮމާގެ އިމްތިހާން ބޭއްވޭނެ މާހައުލެއް ނެތް ކަމަށެވެ.

ރާއްޖޭގައި އޭ ލެވެލްގައި ދަރިވަރުން ހަދަނީ އެޑެކްސެލް އިމްތިހާނަށްވާއިރު ރާއްޖޭގައި ދަރިވަރުން އޯލެވެލް އިމްތިހާނު ހަދަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހު ކަމުން އެޔުނިވާސިޓީގެ އެނިންމުމުން ރާއްޖެއަށް މާ ބޮޑަށް އަސަރު ނުކުރާނެ އެވެ.

ރާއްޖޭގެ ގިނަ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރި ނުވި ނަމަވެސް އަމިއްލަ ބައެއް ސްކޫލްތަކުގައި މެއި އަދި ޖޫންގައި ކެމްބްރިޖް އިމްތިހާނު ހަދައެވެ. އެގޮތުން ބްރައިޓްވޭ ސްކޫލުގެ ތިން ދަރިވަރުން މިއަހަރު އެ އިމްތިހާނު ހަދަން ވަނީ ނިންމާފައެވެ.

ކެމްބްރިޖް ޔުނިވާސިޓީން ބުނިގޮތުގައި އެންމެ ބޮޑު ސަމާލުކަމެއް ދެނީ ދަރިވަރުންނާއި ޓީޗަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހަމަހަމަކަމާ އެކު ކިޔެވޭނެ މާހައުލެއް ފަހިކޮށްދިނުމަށެވެ.

އޭގެ އިތުރުން ދަރިވަރުން އިމްތިހާންތަކަށް ތައްޔާރުވުމަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ބަލައިގަންނަ ކަމަށް އެޔުނިވާސިޓީން ވަނީ ބުނެފައެވެ. އަދި ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް ލިބެން ހުރި މައުލޫމާތުތަކަށް ބަލައި މަސައްކަތްކުރާނެ ކަމަށް ވެސް އެޔުނިވާސިޓީން ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް އެ ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ މެއި ޖޫންގައި ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިނަމަވެސް ރާއްޖޭގެ ދަރިވަރުން، މެއި ޖޫންގައި އިށީނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި ގޮތެއް ނިންމާފައި ނުވާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް