ads
ސުކޫލުގެ ދަރިވަރުން---
ސުކޫލުތައް ހުޅުވާނީ އެޗްޕީއޭގެ ލަފާގެ މަތިން: އެޑިއުކޭޝަން މިނިސްޓްރީ
އަންނަ ހަފްތާ ސުކޫލުތައް ހުޅުވާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފާގެ މަތިން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ ހަފްތާ ސުކޫލުތައް ހުޅުވުމާމެދު ގޮތެއް ނިންމާނީ އެޗްޕީއޭގެ ލަފާގެ މަތިން ކަމަށެވެ.

އެގޮތުން ކޮންމެ ހަފްތާ އަކުވެސް ސުކޫލުތައް މޮނީޓާ ކުރަމުން އަންނަ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ރާއްޖޭގެ ސްކޫލުތައް ބަންދުކޮށް، ޓެލިކިލާސްތަކާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ސްކޫލުތަކުން ދަރިވަރުންނަށް ކިޔަވައިދޭން ފެށި ނަމަވެސް އެ ކްލާސްތައް މިހާރު ވަނީ މިހަފްތާ ސަރުކާރު ބަންދުކުރުމާ ގުޅިގެން މެދުކަނޑާލާފައެވެ.

ކޮރޯނާ ވައިރަހުގެ ކަންކަން ހަމައަކަށް އެޅެންދެން މިނިސްޓްރީން ވަނީ ޕީއެސްއެމްގެ ޔެސްޓީވީ މެދުވެރިކޮށް ގްރޭޑް 10 ގެ ދަރިވަރުންނަށް ފިލާވަޅުތައް ނަގައިދީފައެވެ.

އެގޮތުން ކޮންމެ މާއްދާއެއް ވެސް ތިރީސް މިނެޓަށް ކިޔަވައިދޭން ނިންމާފައިވާއިރު ކޮލެޖް، ޔުނިވާސިޓީތަކުގައި ކިޔަވައިދޭ ގޮތަށް ޕްރެޒެންޓޭޝަންތައް މެދުވެރިކޮށް އެ މައުލޫއަކާ ގުޅޭ ގޮތުން ކްލާސްރޫމްތަކުގައި ތަފްސީލު ކިޔައިދޭ އުސޫލުން، ޓީޗަރުން ދަނީ ކިޔަވައިދެމުންނެވެ.  

65%
ކަމުގޮސްފި
21%
އަޑުއެހިތާ މިހުރީ
12%
ސަތޭކައަކުން ސުމެއް
3%
ވަރަށް ސަލާމް
ކޮމެންޓްސް