ads
ފެނަކަ މައި އޮފީސް - ފޮޓޯ / ސޮސަލް މީޑިއާ
މުސާރަ އަދި އެލަވަންސް އިން ނުކަނޑާނަން: ފެނަކަ
މުވައްޒަފުންގެ މުސާރަ އާއި އެލަވަންސަތަކަށް ބަދަލު ނުގެންނާނެ ކަމަށް ފެނަކަ އިން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ) އިން ބުނީ ކޮރޯނާ ވައިރަހާ ގުޅިގެން އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ އާއި އެހެން އިނާޔަތްތަކަށް ބަދަލު ނައިސް ކުރިން ލިބޭ ގޮތަށް ލިބެމުން ދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމުގެ ޔަގީންކަން ދީފައި ވާއިރު ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ނޯޕޭ ޗުއްޓީއަށް އެދެމުން ކަމަށް ވެސް ފެނަކައިން ބުނެއެވެ. އެހެންކަމުން ތަނުގެ ހިނގުމަށް ދަތި ނުވާނެހެން ޗުއްޓީއަށް ބޭނުންވާ ފަރާތްތަކުން އެޗްއާރު ޑިޕާޓްމަންޓަށް އެންގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

ފެނަކައިގެ މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ފެނަކައިން ބުނެފައިވާއިރު ސިވިލް ސާވިސްގެ މުސާރަ ކުޑަ ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބު ކުރައްވާ ދެއްވި ހިތޯބުގައި ވަނީ ވިދާޅުވެފައެވެ. އަދި އެހެން ކުންފުނިތަކުންވެސް މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރުމަށް އިލްތިމާސްކޮށްފައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް