ads
ހައްޖުގެ އަޅުކަމުގައި--
ހައްޖު ކުންފުނިތަކުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައުދީން އެދެފި
މި އަހަރު ހައްޖުގެ އަޅުކަން ބޭއްވުމާ މެދު ވަކި ގޮތެއް އަދި ނިންމާފައި ނުވާތީ، ކުންފުނިތަކުން ތައްޔާރީތައް މަޑު ޖައްސާލުމަށް ސައުދީ އަރަބިއްޔާގެ ސަރުކާރުން އެދެފި އެވެ.

ނައިޖީރިއާގެ ނޫހެއް ކަމަށްވާ، ދަ ކޭބަލް އިން ރިޕޯޓު ކުރި ގޮތުގައި އެގޮތަށް އެދިފައި ވަނީ ސެނެގޯލްއަށް ކަނޑައަޅާފައި ހުންނަވާ ސައުދީ ސަފީރު އަބްދުﷲ އަހްމަދު އަލް އަބްދަން ބޭއްވި ޕްރެސް ކޮންފަރެންސެއްގަ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވާ ނަމަ ހައްޖު ކެންސަލް ކުރަން ޖެހިދާނެ ކަމަށް ކުރިން ވެސް އަޑު ފެތުރުނެވެ. މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ޖުލައި މަހުގެ ފަހު ހަފްތާގަ އެވެ. 

ހައްޖުގެ އަޅުކަމާ ބެހޭ ގޮތުން ވަކި ގޮތެއް އަދި ނިންމާފައި ނުވާތީީ ކުންފުނިތަކުން ހޮޓާތަކާއި އެއާލައިންތަކާއެކު އެއްބަސްވުންތައް ހެދުން ފަސްކުރުމަށް އަލް އަބްދަން އެދިވަޑައިގެންނެވި ކަމަށް އެ ނޫހުން ރިޕޯޓު ކުރެ އެވެ. 

ސައުދީން ކުރިން ވަނީ އުމްރާގެ އަޅުކަން ވެސް ކެންސަލްކޮށްފަ އެވެ. އަދި މަސްޖިދުލް ހަރަމް އާއި މަސްޖިދުލް ނަބަވީގައި ނަމާދުކުރުން ވަނީ މެދުކަނޑާލާފަ އެވެ. 

ސައުދީގައި މިއަދު ވަނީ ކޮވިޑް-19 ޖެހުނު މީހަކު ފުރަތަމަ ފަހަރަށް މަރުވެފަ އެވެ. މިހާތަނަށް އެގައުމުގައި 767 މީހަކު ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. 

40%
ކަމުގޮސްފި
40%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް