ads
މެމްބަރު މީކާއީލް ނަސީމް----
އިންޓަނެޓްގެ އަގުތަކަށް އެކަށީގެންވާ ލުޔެއް ނުލިބޭ، ކަމާބެހޭ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭ!
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ހާލަތަށް އެކަށީގެންވާ ވަރަށް އިންޓަނެޓްގެ އަގުތަކަށް ލުޔެއް ލިބިފައި ނުވާތީ ކަމާބެހޭ ފަރާތްތަކުން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރުމަށް އެދި މަޖިލީހުގެ ރައީސަށް ހުށައަޅައިފިއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު، މީކާއިލް ނަސީމް ވިދާޅުވީ، މިދަނޑިވަޅުގައި އިންޓަނެޓާއި ގުޅޭގޮތުން އެންމެ އެކަށޭނަ ފިޔަވަޅުތައް އަޅާފައި ނުވާތީ، އެކަންކަމަށް ޖަވާބުދާރީވުމަށް ކޮމިއުނޮިކޭޝަން އޮތޯރިޓީގެ އިސްވެރިން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދޭން އެދި މަޖިލީހުގެ ރައީސަށް ހުށައަޅާފައިވާނެ ކަމަށެވެ. 

މެންބަރު މީކައިލް ވިދާޅުވީ، މިދަނޑިވަޅުގައި އިންޓަނެޓަކީ ދިވެހިންގެ ޒަރޫރީ ބޭނުމަކަށް ވެފައިވާކަމަށެވެ. އަދި މިހާރުގެ ހާލަތާ އެކަށޭނަ ވަރަކަށް އަގުތަށް ތިރިވެފައިވާކަމަށް ގަބޫލުނުކުރެވޭކަމަށް ވެސް މެންބަރު ވިދާޅުވިއެވެ.

މީކައިލް ވަނީ ދިރާގާއި އުރީދޫ އިންވެސް އަގުތަކަށް ބަދަކުގެންނަމުން ދާކަން ފާހަގަކުރައްވާ، އެ ކުންފުނިތަކަށް މިހާރު ގެނަސްފައިވާ ބަދަލުތަކަށް ވުރެ ބޮޑެތި ހެޔޮ ބަދަލުތައް ގެނޭވެނެކަމަށް ވިދާޅުވެފައެވެ. އަދި މި ތަންތަނުން އެންމެ އެކަށޭނެ ބަދަލުތައް ނުގެންނަ ނަމަ އެކަމާމެދު ގޮތް ނިންމާނެ ފަރާތަކީ ކޮމިއުނޮިކޭޝަން އޮތޯރިޓީ ކަމާއި އެފަރާތުން އެއްވެސް ފިޔަވަޅެއް މިހާތަނަށް ނާޅާތީ އެބޭފުޅުން މިކަމަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް މީކައީލް ވިދާޅުވިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވެވި ސިޓީގައި މީކާއިލް ވަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރަމުން ނުދަނީ ކީއްވެތޯ ސުވާލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 159 ވަނަ މާއްދާގެ ދަށުން، އެ އޮތޯރިޓީގެ އިސްވެރިން، ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށް އެދި ދަންނަވާފައެވެ. 

 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް