ads
މިމަހު 20 ވަނަ ދުވަހު މާލޭގައި ހިނގި އެކްސިޑެންޓުގެ ފައިލް ފޮޓޯ:---
ބަނގުލަދޭޝް މީހެއްގެ ލައިސަންސު ބާތިލުކޮށްފި
މިމަހު 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން ބަންގުލަދޭޝް ރައްޔިތެއްގެ ލައިސަންސު ބާތިލުކޮށްފިއެވެ.
މިމަހު 20 ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަކާއި ގުޅިގެން ބަންގުލަދޭޝް ރައްޔިތެއްގެ ލައިސަންސު ބާތިލުކޮށްފިއެވެ.

އެ އެކްސިޑެންޓު ހިނގާފައި ވަނީ ބުރިޖު ކައިރިން ބޮޑުތަކުރުފާނު މަގުގައެވެ.

މާލެއިން ބްރިޖަށް އަރާ ހިސާބުގައި މިއެކްސިޑެންޓްވީ ކަމަށްވަނީ ބާރު ސްޕީޑުގައި ދުއްވާފައި އައި ޖިޕެއް ކޮންޓްރޯލު ނުވެ، އެ ޖިޕުގެ ކުރީގައި އޮތް އުޅަނދުގައި ޖެހުމުން ކަމަށް ވެ އެވެ. ޖިޕް ދަތުރުކޮށްފައިވަނީ ހުޅުމާލެއިން މާލެއަށެވެ.

އެކްސިޑެންޓްވި ވަގުތު ބާރު އަޑުފައްގަނޑެއް އިވުނުކަމަށާއި އެ އަޑާއެކު ރުއިމުގެ އަޑު ވެސް އިވިގެންދިޔަ ކަމަށް މަންޒަރުދުށް މީހުން ބުނެ އެވެ.

މި އެކްސިޑެންޓުގައި ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާއިރު އޭގެތެރޭގައި ކުޑަކުއްޖެއްވެސް ހިމެނެއެވެ.

މިދިޔަ ހުކުރު ވިލޭރޭ އެ އެކްސިޑެންޓު ހިނގަން މެދުވެރިވީ، ހުޅުލޭ ކޮޅުން ބްރިޖަށް އަރައިފައިބާ އިރު މަޑުކުރަން ޖެހޭ ޓްރެފިކް ލައިޓަށް މަޑުކޮށްފައި އޮތް ވެހިކަލްތަކުގައި ޖިޕަކުން ޖެހިގެންނެވެ.

ފުލުހުން މިއަދު ބުނީ، ޖިޕް ދުއްވަން އިން ބަންގްލަދޭޝްގެ ޑްރައިވަރުގެ ލައިސަންސް ބާތިލް ކުރުމުގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ ނިންމީ ތިން އަހަރު ދުވަސް ވަންދެން އޭނާ އަށް ލައިސަންސް ނުދިނުމަށް ކަމަށެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް