ads
ހެލްތު މިނިސްޓަރު އަބްދުﷲ އަމީން--
ވެކްސިން ޖަހާފައިވާ ކުދިންގެ ދަފްތަރެއް އެކުލަވާލަނީ
އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ ކޮން ކުދިނެއްތޯ ކަށަވަރުކުރުމަށްޓަކައި ހާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.
އުމުރުން 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ ކޮން ކުދިނެއްތޯ ކަށަވަރުކުރުމަށްޓަކައި ހާއްސަ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހިމަބިއްސާ ގުޅޭ މައުލޫމާތު ހިއްސާކުރަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި 18 އަހަރުން ދަށުގެ ހުރިހާ ކުދިން ވެކްސިން ޖަހާފައިވޭތޯ ކަށަވަރުކުރުމަށް ސަރުކާރުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ވެކްސިން ނުޖަހާ ކުދިން ފާހަގަކޮށް އެކުދިންނަށް ވެކްސިން ޖަހާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން މިހާތަނަށް 48 ރަށެއްގެ މައުލޫމާތު ވަނީ އެއްކޮށްފައިވާކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިހަފުތާގެ ނިޔަލަށް ހުރިހާ ރަށަކުން މައުލޫމާތު ލިބޭނެ ކަމަށެވެ.

މީގެ ދޮޅު އަހަރެއްހާ ކުރިން ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި އަލުން ފެތުރެމުންދާކަން މި ހަފުތާގެ ތެރޭގައި ސަރުކާރުން ރަސްމީކޮށް އިއުލާނުކުރިއިރު މިނިސްޓަރު ވަނީ އެކަމަށް ރައްކާތެރިވުމަށް ވެކްސިން ޖެހުމަށް އިލްތިމާސްކޮށްފަ އެވެ.

އިއްޔެ އިން ފެށިގެން މިހާތަނަށް 1،200 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެގޮތުން މިނިސްޓަރު ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް ވަނީ ވެކްސިން ދީފަ އެވެ.

ހިމަބިއްސަކީ ރާއްޖެއިން ނައްތާލެވިފައިވާ ބައްޔަކަށްވާއިރު އެބަލި އާދަޔާހިލާފަށް ފެތުރިގެން ހިނގާދާނެ ހާލަތެއްގައި ބައްޔައް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ. އެގޮތުން ވެކްސިން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިނިސްޓްރީން ކުރަންޖެހޭ މަސައްކަތްތަށް ނިމި ކަމާބެހޭފަރާތްތަކަށް ފޮނުވާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް