ads
ޔޫކޭގައި ހުންން ހައި ކޮމިޝަން އޮފް މޯލްޑިވްސް---
އިނގިރޭސި ވިލާތުން ނުފުރި ތިބި ދިވެހިންނަށް ވިސާ އިތުރުކޮށްދެނީ
އިނގިރޭސި ވިލާތުން ނުފުރި ތިބި ދިވެހިންނަށް ވިސާ އިތުރު ކޮށްދޭން ނިންމައިފި އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވިދާޅުވީ އިނގިރޭސި ވިލާތުގެ ޓްރެވަލް ރެސްޓްރިކްޝަންސް ގެ ސަބަބުން ނުވަތަ ސެލްފް އައިސޮލޭޝަންގެ ސަބަބުން ޔޫކޭ އިން ނުފުރި ތިބި ދިވެހިންނަށް ވިސާ އެކްޓޭންޑް ކޮށްދޭ ގޮތަށް ޔޫކޭ ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

އިނގިރޭސި ވިލާތަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ގައުމެކެވެ.

އިނގިރޭސި ވިލާތުގައި މިހާތަނަށް ކޮވިޑް-19 އަށް ވަނީ 8،077 މީހުން ޕޮޝިޓިވް ވެފަ އެވެ. އަދި އޭގެ ތެރެއިން ތެރެއިން 422 މީހުން މިބަލިން ވަނީ މަރުވެފައެވެ. އޭގެ އިތުރުން 135 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް