ads
ކޮވިޑް-19 އަށް އެމެރިކާއިން ދެ ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް
ކޮވިޑް-19 ގެ ސަބަބުން އެމެރިކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ޓްރިލިއަން ޑޮލަރުގެ ސްޓިމިއުލަސް ޕެކޭޖެއް އެގައުމުގެ ސެނެޓުން އިއްޔެ ފާސްކޮށްފިއެވެ.

ސެނެޓުގެ 96 މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތާއެލު ސްޓިމިއުލަސް ޕެކޭޖުގެ ބިލް ފާސްކޮށް އެ ބިލް ވަނީ މިހާރު ހައުސް އޮފް ރެޕްރެޒެންޓޭޓިވްގެ ވޯޓަށް ފޮނުވިފައެވެ. އަދި މި ވޯޓުލުން ހުކުރު ދުވަހަށް ތާވާލު ކުރެވިފައިވާކަމަށް ހައުސްގެ މެޖޯރިޓީ ލީޑަރު ސްޓެނީ ހޯޔާ ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް، ޑޮނާލްޑް ޓްރަމްޕް ވަނީ މި ޕެކޭޖުގައި ސޮއި ކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ.

ސެނެޓުގެ މެޖޯރިޓީ ލީޑަރު، މިޗް މެކްކޮނެލް ވަނީ މި ޕެކޭޖަކީ ހަނގުރާމަމަތީ އިންވެސްޓްމެންޓެއް ގޮތަށް ސިފަކުރައްވާފައެވެ.

މިޕެކޭޖުގެ ދަށުން 250 ބިލިއަން ޑޮލަރު ހާއްސަ ކުރެވިފައި ވަނީ އަމިއްލަ ފަރުދުންނާއި އާއިލާތަކަށެވެ. އެގޮތުން 75،000 ޑޮލަރަށް ވުރެ ދަށުން ގްރޮސް އިންކަމް ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެ ފަރާތަކަށް މަހަކު 1،200 ޑޮލަރު ދިނުމަށް ވަނީ ނިންމާފައެވެ. ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ބޮލަކަށް 1،200 ޑޮލަރުގެ މަގުން 2،400 ޑޮލަރު ލިބިގެންދާނެ އެވެ. އަދި ދަރިން ހުންނަ ނަމަ ކޮންމެ ދަރިއަކަށް 500 ޑޮލަރު ލިބިގެންދާނެއެވެ.

މީގެ އިތުރުން މި ޕކޭޖުގެ ދަށުން ކުދި ވިޔަފާރިތަކުގެ ލޯނަށް 350 ބިލިއަން ޑޮލަރު ހަމަޖައްސާފައި ވާއިރު، ކުންފުނިތަކަށް ދޫކުރެވޭ ލޯންތަކަށް 500 ބިލިއަން  ޑޮލަރު ވަނީ ހަމަޖައްސާފައެވެ. އަދި އަންއެމްޕްލޯއިމެންޓް އިންޝޫރަންސް ބެނެފިޓްގެ ގޮތުގައި 250 ބިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައެވެ.

މި ޕެކޭޖްގެ ދަށުން ހޮސްޕިޓަލްތަކަށް އެހީތެރިވުމަށް 130 ބިލިއަން ޑޮލަރު ހަމަޖައްސާފައި ވާއިރު، ސްޓޭޓްތަކާއި ލޯކަލް ގަވަމެންޓްތަކަށް 150 ބިލިއަން ޑޮލަރު ވަނީ ހަމަޖައްސާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް