ads
ޝޭހު އިލިޔާސް ހުސެއިން
މާޔޫސް ނުވެ ﷲގެ ރަހުމަތަށް އެދުން މުހިންމު: ޝޭހް އިލިޔާސް
މާޔޫސް ނުވެ ﷲގެ ރަހުމަތަށް އެދުން މުހިންމު ކަމަށް ޝޭހު އިލިޔާސް ހުސެއިން ވިދާޅުވެއްޖެއެވެ.

އިލްޔާސްގެ ފޭސްބޫކް ޕޭޖު މެދުވެރިކޮށް ދެއްވި ނަސޭހަތުގައި ވިދާޅުވީ އަޅުގަނޑުމެން ކުރިމަތިލައިގެން މި އުޅޭ ދުވަސްތަކަކީ ހިތް ނުތަނަވަސް ދުވަސް ކޮޅެއްކަމަށާއި ނަމަވެސް މި ދަނޑިވަޅުގައި މާތް ﷲ ގެ ރަހުމަތުން މާޔޫސް ނުވުމަށް ނަސޭހަތް ތެރިވެފައިވެއެވެ. އެގޮތުން އިމްތިހާނުން ފާސްވުމަށް ކެއްތެރިކަމާއެކު ސާބިތުވުން މުހިންމުކަމަށެވެ.

އިލިޔާސް ވިދާޅުވީ ގިމާޔަތް ދުވަހު ލިބޭ ސަޒާއަށް ވުރެއްކުރިން އަޅުގަނޑުމެންނަށް އެހެން ގޮތަކަށް ސަޒާ ދެއްވާނެކަމަށާއި އެކަމުގެ ބޭނުމަކީ އެބުރި ރުޖޫއަށް ވުންކަމަށްވެސް އިލާސް ފާހަގަކުރެއްވިއެވެ.

"ލޮބުވެތި އަހުންނާ އުހުތުނޭ! މިއަދު އަޅުގަނޑުމެންނަށްވެސް ކުރިމަތިވެގެން މިއުޅެނީ އާދައިގެކަމެއް ނޫން. މުޅި ދުނިޔެ މި ވަނީ ސިހުމެއްގެ ތެރޭގައި. މުޅި ދުނިޔެ ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ. މި ފަދަ ހާލަތެއްގައިވެސް ދެންނެވުން އޮތީ ﷲ ސުބުހާނަހޫ ވަތައާލާގެ ހަޒުރަތަށް. އެފަރާތުން އަޅުގަނޑުމެންނަށް ލުއިފަސޭހަ ކަން މިންވަރު ކުރައްވާނެކަން އަޅުގަނޑުމެން ޝައްކުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން." އިލިޔާސް ވިދާޅުވިއެވެ.

ދުނިޔެއަށް ދިމާވާ ބޮޑެތި ހާދިސާތައް ކުރިމަތިކުރަނީ އިންސާނުންގެ އަމަލުތަކުގެ ސަބަބުންކަމަށެވެ.  އެގޮތުން މި ދަނޑިވަޅުގައި ދުނިޔެ ކުރިމަތިލަމުންދާ ހިތް ދަތި ކަމުން ސަލާމަތްވުމަށް މާޔޫސްނުވެ ﷲ ގެ ރަހުމަތަށް އެދުން މުހިންމުކަމަށްވެސް ޝޭހުގެ ނަސޭހަތުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އިލާސް ވިދާޅުވީ އިންސާނުން ކުރާ ގިނަ ކުށްތަށް އަފޫކުރާއިރު އަޅުގަނޑުމެންނަށް ފާފަތައް ގިނަކަން ގަބޫލުކޮށް އެކަމަށް މާޔޫސްނުވެ ﷲ ހަޒުރަތުގައި ދެންނެވުން މިހުންމު ކަމަށެވެ. އެހެންކަމުން ﷲ ގެ ދީލަތިވެ އެ ފަރާތުގައި އެދުން މުހިންމުކަމަށެވެ.

82%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
12%
ވަރަށް ސަލާމް
ކޮމެންޓްސް