ads
ކެޓްރީނާ އާއި ދީޕިކާ--
ދީޕިކާގެ އައިޑިއާ ކޮޕީ ކުރީ ކެޓްރީނާ!
އިންޑިއާގައި ވެސް ކޮރޯނާ ވައިރަސް ފެތުރެމުންދާ މިދަނޑިވަޅުގައި މުޅި ގައުމު އޮތީ ލޮކްޑައުނެއްގަ އެވެ. އޭގެ ކުރިން ވެސް ފަރުދީ ޒިންމާ އަދާކޮށް ތަރިން ވަނީ ގޭގައި މަޑުކޮށްފަ އެވެ.

ބަތަލާ ކެޓްރީނާ ކައިފް ވެސް ސެލްފް އައިސޮލޭޝަނުގައި ހުރެ، ގޭގައި ގޭގެ މަސައްކަތުގައި އަވަދިނެތި އުޅޭ ވީޑިއޯއެއް އިންސްޓަގްރާމަށް ހިއްސާކުރި އެވެ. އެގޮތުން ތަށި ދޮންނަމުން އޭނާ ވަނީ މިއީ ގޭތެރޭގައި އެހީވުމަށް އޭނާ މިހާރު ކުރާ ކަމެއް ކަމަށް ބުނެފަ އެެވެ. 

އެގޮތުން މި ވީޑިއޯ ދީޕިކާ ވެސް މިވަނީ އޭނާގެ އިންސްޓަގްރާމު މެދުވެރިކޮށް ހިއްސާކޮށްފަ އެވެ. އަދި ބުނީ ކެޓްރީނާ އޭނާގެ ހިޔާލު ކޮޕީ ކުރީ ކަމަށެވެ. 

ސެލްފް ކަރަންޓީނަށް ދިޔަ ފަހުން، ދީޕިކާގެ އިތުރުން ކެޓްރީނާ ވެސް ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން އިތުރުވެއްޖެ އެވެ. އެގޮތުން މިހާރު ދުވަސް ހޭދަކުރާގޮތް ކޮންމެ ދުވަހަކު އަންނަނީ ސަޕޯޓަރުންނަށް ހިއްސާކުރަމުންނެވެ. 

25%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް