ads
އަބްދުﷲ ޖާބިރު-- ފޮޓޯ: ސީއެންއެމް
ކަނޑުއަޑީގައި އަޅާ ކެސިނޯއަށް ދިވެހިންނަކަށް ނުވަދެވޭނެ: ޖާބިރު
ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގަން ޖެހޭ ކަމަށައި އެގޮތުން އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ކެސިނޯއަޅަން ވެސް ހިމަނާފައިވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ސީއެންއެމްގެ "އިތުރުކާފު" ޕްރޮގްރާމުގައި ޖާބިރު ވިދާޅުވީ، އޭނާގެ ޕްލޭނުގެ ތެރޭގައި އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓްގައި "ގޭމިން އެންޑް އެންޓަޓައިންމެންޓް" ހިމެނޭ ކަމަށެވެ. އެގޮތުން ބައިނަލްއަގްވާމީ ކުންފުނިތަކާއި މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުމެންގެ ޕްލޭނުގެ ތެރޭގައި އެބައޮތް އިންޓަގްރޭޓެޑް ރިސޯޓް ޕްރޮޖެކްޓް. އެއަށް ކިޔަނީ ކެސިނޯކަމެއް އެއަށް ކިޔަނީ ކޯއްޗެއް ކަމެއް ނޭނގެ. އޭގައި އިންނަނީ ގޭމިން އެންޑް އެންޓަޓައިންމަންޓް. އަންޑާ ވޯޓާގަ އަޅުގަނޑުމެން ޕްރޮޕޯސް ކުރާނީ ވެސް،" ކެސިނޯ ރާއްޖޭގައި އަޅަން އެ ޕްރޮޖެކްޓުގައި ހިމެނޭތޯ ސުވާލުކުރުމުން ޖާބިރު ވިދާޅުވި އެވެ.

ޖާބިރު އިތުރަށް ވިދާޅުވީ މިތަންތަނަށް އެއްވެސް ދިވެއްސަކަށް ނުވަދެވޭނެ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުގައި ވެސް ކެސިނޯ ނޭޅޭނެ ކަމަށް ނެތް ކަމަށާއި އޭގެ ބަދަލުގައި އޮންނާނީ ދިވެހިންނަށް ރާބޮއެ ނުހެދޭނެކަން ކަމަށް ވެސް ފާހަގަކުރެއްވި އެވެ. 

"މި ރާއްޖޭގެ ރައްޔިތުންނަކަށް ކެސިނޯއެއް އަޅާކަށް މީހަކު ނޫޅޭޔޭ. މި ރާއްޖެއިން ބޭރުން އަންނަ މީހުންނަކަށް ވެސް ކެސިނޯއެއް އަޅާކަށް ބަޔަކު ނޫޅޭޔޭ. ގޭމިން އެންޑް އެންޓަޓައިންމަންޓް ކެސިނޯއޭ ބުނާއިރަށް ހަމަ މާނަ ވެސް ނުބަލާ އެއީ ޖުވާކުޅުމަށް ބަލައިގެން ނުވާނެ ނޫންތޯ. ޖާހިލިއްޔަ ޒަމާނުގަ ދެއްތޯ ޖުވާކުޅެ ކަންތައް ކުރަނީ،" ޖާބިރު ވިދާޅުވި އެވެ. 

ޖާބިރު ވިދާޅުވީ، ރާއްޖޭގައި ޕޯޓްތައް ގާއިމުކޮށް، އިތުރަށް ފައިސާ ހޯދޭނެ ގޮތްތައް ވިސްނަން ޖެހޭ ކަމަށެވެ. 

22%
ކަމުގޮސްފި
6%
އަޑުއެހިތާ މިހުރީ
58%
ސަތޭކައަކުން ސުމެއް
14%
ވަރަށް ސަލާމް
ކޮމެންޓްސް