ads
ޖަޕާނުގެ ދިދަ-- ފޮޓޯ: ގެޓީ އިމޭޖަޒް
ޖަޕާނުގައި ޗައިނާ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި
ޖަޕާނުގައި އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް އެހެން ގައުމަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.
ޖަޕާނުގައި އަހަރުތަކެއް ފަހުން ފުރަތަމަ ފަހަރަށް އެހެން ގައުމަކަށް ނިސްބަތްވާ މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި އެވެ.

އެގޮތުން މިއަދު ދަން ޖައްސާ މަރާލާފައި ވަނީ އުމުރުން 40 އަހަރުގެ ޗައިނާ މީހެކެވެ. އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ ހަތަރު މެމްބަރުންގެ އާއިލާއެއް މަރާލިކަމުގެ ކުށެވެ.

މިއީ އެގައުމުގައި މަރުގެ ހުކުމް ތަންފީޒު ކުރާ މީހުންގެ މައުލޫމާތު 2007 ވަނަ އަހަރު އާއްމު ކުރަން ފެށި ފަހުން، މަރާލި ފުރަތަމަ ބޭރު މީހާ އެވެ.

ވެއި ވެއި ނަމަކަށް ކިޔާ އެ މީހާ ކުށަށް އަރައިގަނެފައި ވަނީ 2003 ގައެވެ. އޭނާއާއެކު އެކަން ކުރުމުގެ ޗައިނާގެ އިތުރު ދެ މީހަކު ވެސް ބައިވެރިވި އެވެ.

އެ ދެ މީހުން ޖަޕާނު ދޫކޮށް ޗައިނާއަށް ދިޔުމުން ވަނީ ހައްޔަރުކޮށްފަ އެވެ. އެތަނުން އެކަކުގެ މައްޗަށް 2005 ގައި މަރުގެ ހުކުމް ތަންފީޒުކޮށްފައި ވާއިރު، ދެވަނަ މީހާއަށް ދީފައި ވަނީ އުމުރުގެ ދުވަހުގެ ޖަލު ހުކުމެކެވެ.

ދުނިޔޭގެ އެންމެ ތަރައްގީވެފައިވާ ގައުމުތައް ހިމެނޭ ގްރޫޕް އޮފް ސެވަން (ޖީ7) ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ ތެރެއިން މަރުގެ ހުކުމް ތަންފީޒު ކުރަނީ ޖަޕާނާއި އެމެރިކާގަ އެވެ.

މިދިޔަ އަހަރު 120 މީހަކު މެރުމަށް ޖަޕާނުގައި ހުކުމް ކުރިއިރު، 15 މީހެއްގެ މައްޗަށް ހުކުމް ތަންފީޒުކޮށްފައި ވެއެވެ. 2007 ގެ ކުރިން މަރުގެ ހުކުމް ތަންފީޒު ކުރާ މީހުންގެ މައުލޫމާތު އެގައުމުން އާއްމެއް ނުކުރެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް