ads
އިވަންކާ ޓްރަމްޕްގެ ދަރިން އަތް ދޮންނަނީ 39 ޑޮލަރަށް ދޭ ސައިބޯނިން!
އިވަންކާ ޓްރަމްޕްގެ ދަރިން އަތް ދޮންނަން ގެންގުޅެނީ 39 ޑޮލަރަށް ދޭ ސައިބޯންޏެވެ.

ޑޮނާލްޑް ޓްރަމްޕްގެ ދަރި، އަދި ސީނިއާ އެޑްވައިޒާ އިވަންކާ ޓްރަމްޕަ ވަނީ ކޮވިޑް-19 އަށް ހޭލުންތެރިކޮށް ސާފުތާހިރުކަމަށް އިސްކަންދިނުމަށް އިލްތިމާސްކުރުމުގެ ގޮތުން އޭނާގެ ދަރިންނާއެކު ވީޑިއޯއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.

އޭނާގެ އަށް އަހަރުގެ ދަރި އަރަބެލާ އާއި ހަ އަހަރުގެ ޖޯސެފް އަދި ތިން އަހަރުގެ ތިއޯޑާ ފެނިގެން ދިޔަ އެ ވީޑިއޯގައި އެކުދިން ވަނީ އަލްފަބެޓް ލަވަ ކިޔަމުން އަތް ދޮވެފަ އެވެ. އަދި މިކުދިންނަށް ފެން އިސްރާފް ނުކުރަން އަދި ދަސްނުވާ ކަމަށް އިވަންކާ ވަނީ ބުނެފަ އެވެ.  

މީހުން ހޭލުންތެރި ކުރުވުމުގެ ގޮތުން ޝެއާ ކުރި އެ ވީޑިއޯގައި ގިނަ ބަޔެއްގެ އަމާޒުވީ ކުދިންގެ އަތް ދޮންނަން ބޭނުން ކުރި ސައިބޯންޏަށެވެ. އަދި އެމެރިކާގެ އެތައް ހާސް މީހުންގެ ވަޒީފާ ގެއްލިފައިވާ ދަނޑިވަޅެއްގައި އެހާ އަގުބޮޑު އެއްޗެހި ބޭނުންކުރަމުންދާތީ އެކަމަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ. އަދި އަތް ދޮންނަ ވަގުތު ފެން އިސްކުރު ބަންދު ނުކޮށް ހުރުމުން އެކަމަށް ވެސް ގިނަ ބަޔަކުގެ ފާޑު ކިޔުން އަމާޒުވި އެވެ.

އެމެރިކާގައި މިދިޔަ ހަފްތާގެ ތެރޭގައި 3 މިލިއަނަށް ވުރެ ގިނަ މީހުން އަންއެމްޕްލޯއިމެންޓް އިންޝޫރެންސް ހޯދަން އެދިފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓް ކުރެ އެވެ.

0%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް