ads
ފޮޓޯ:އެމްއޭސީއެލް ޓްވިޓާ
އެއާޕޯޓިގައި ފްލައިޓް ޕާކް ކުރާ ޖާގަ ބޮޑުކޮށްފި
ރާއްޖޭގެ މައި އެއާޕޯޓް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ފްލައިޓް ޕާކް ކުރަން އޮންނަ ސަރަހައްދު ބޮޑުކޮށްފި އެވެ.

ވީއައިއޭ އިން ވަނީ އެ އެއާޕޯޓުގައި ތަރައްގީކުރި ހުޅަނގު އޭޕްރަންގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާ އެތަން ހުޅުވާލާފަ އެވެ. އެއާޕޯޓުން ބުނީ އަލަށް ހުޅުވާލި މި ސަރަހައްދުގައި 25،000 އަކަމީޓަރު ހުންނާނެ ކަމަށެވެ. އަދި ބޮޑު ހަތަރު ފްލައިޓް ޕާކް ކުރެވޭނެކަމަށް އެއާޕޯޓުން ބުނެ އެވެ.

އޭޕްރަންގެ ފުރަތަމަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވަނީ 70،000 އަކަމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދު ފާއިތުވި އަހަރުގެ ޖުލައި މަހު ހުޅުވާ އެއާޕޯޓުން ވަނީ އެސަރަހައްދުގައި ބޮޑު ހަތަރު ފްލައިޓް ނުވަތަ ކުޑަ އަށް ފްލައިޓް ޕާކް ކުރެވޭނެ އެވެ. 

އެއާޕޯޓުން ބުނީ އަލަށް ހުޅުވި އޭޕްރަންގެ ފެންވަރު ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއާޕޯޓުތަކުގެ އޭޕްރަންއާ އެއްވަރުވާނެ ކަމަށެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް