ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް -- ފޮޓޯ: ވީއައިއޭ
ރޭގަނޑު 9 އިން ހެނދުނު 6 އަށް ވީއައިއޭ ބަންދު
މިރެއިން ފެށިގެން ކޮންމެ ރެއެއްގެ 09:00 އިން ހެނދުނު 06:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބަންދުކުރަން ނިންމައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކުރި ޓްވީޓެއްގައި ބުނީ ކޮމާޝަލް އޮޕަރޭޝަންތައް ހުއްޓާލި ނަމަވެސް، ތިން ގަޑިއިރު ކުރިން ނޯޓިސްއެއް ދިނުމުން ސިއްހީ، ހިއުމެނިޓޭރިއަން އަދި ޝެޑިއުލް ނޫން ބޯޓުތަކަށް އެއާޕޯޓަށް ޖެއްސޭނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ވައިގެ ދަތުރުފަތުރަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ. އެގޮތުން ރާއްޖެއިން އޮން-އެރައިވަލް ވިސާ ދިނުން ހުއްޓާލުމުން ޓޫރިސްޓުން އައުން ވަނީ މެދުކެނޑިފަ އެވެ. އަދި ޑޮމެސްޓިކް ފްލައިޓުތައް ވެސް ވަނީ މަދުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް