ads
ޔޫއޭއީ އިން ޕޮޒިޓިވްވީ ދިވެއްސެއް ނޫން ކަން ޔަގީންވެއްޖެ
ޔޫއޭއީ އިން ކޮވިޑް19 އަށް ޕޮޒިޓިވްވީ ދިވެއްސެއް ނޫން ކަން ޔަގީންވެއްޖެއެވެ.

ކޮވިޑް19 ގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް ދަރުބާރު ގޭގައި މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވީ ޔޫއޭއީގެ ސަރުކާރުން ދިވެއްސަކު ކޮވިޑްް9 ޕޮޒިޓިވް ވެފައިވާ ކަމަށް އިއުލާނެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން މިހާރު ޔަގީން ކަމާއެކީ އެއީ ދިވެއްސެން ނޫންކަން އެނގޭ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ. 

މިމަހުގެ 24 ވަނަ ދުވަހު، ބޭރުގެ ހަބަރުތައް ގެނެސްދޭ “ހަލީޖާ ޓައިމްސް”ގައި ބުނީ ޔޫއޭއީ އިން އިތުރު 50 މީހަކު ކޮރޯނާއަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އޭގެ ތެރޭގައި ދިވެއްސަކު ވެސް ހިމެނޭ ކަމަށެވެ. 

އެކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވަނީ އެކަމާއި ގުޅިގެން ރަސްމީ އިދާރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ވަނީ އީސްޓަން ޔޫރަޕިއަން ނަމެއް ކަމަށެވެ. 

އެގޮތުން އެއީ އެހެން ގައުމެއްގެ މީހެއް ކަމަށް ވަރަށް ބޮޑަށް ބެލެވޭ ކަމަށް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިހާތަނަށް ރާއްޖެއިން 16 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން 11 މީހުން ވަނީ އެބަލިން ވަނީ ރަނގަޅުވެފައެވެ.

78%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް