ads
މަބްރޫކް އަޒީޒް--
އިންޓަނެޓްގެ އަގަށް އަދި ސީދާ ގޮތެއް ނުނިންމަން: މަބްރޫކް
އިންޓަނެޓްގެ އަގު ހެޔޮކުރުމަށް ސަރުކާރުން މަޝްވަރާތައް ކުރަން ފަށާފައިވާ ކަމަށާއި ނަމަވެސް އަދި ސީދާ ގޮތެއް ނުނިންމާ ކަމަށް ކޮވިޑް-19 ޓާސްކް ފޯހުން ބުނެފި އެވެ.

ކޮވިޑް-19 ޓާސްކް ފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، އިންޓަނެޓްގެ އަގު ހެޔޮކުރަން މިއަދު ވެސް މަޝްވަރާތައް ކުރިއަށްދިޔަ ކަމަށާއި ނަމަވެސް އެކަމާއި ގުޅިގެން އަދި ގޮތެއް ނުނިންމާ ކަމަށެވެ. 

މިދިޔަ ހަފުތާގެ ތެރޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ކުރިއަށް އޮތް ތިން ވަރަކަށް ދުވަހުގެ ތެރޭގައި އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް އެކަން އިއުލާންކުރައްވާނެ ކަމަށެވެ. 

އެގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާ އެކަން އިއުލާންކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިރޭ މަބްރޫކް ވެސް ވަނީ މާދަމާ، ހިސާބުގައި އެކަން އިއުލާންކުރެވޭނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް