ads
އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ -- ފޮޓޯ: ރައީސް އޮފީސް
މައުލޫމާތު ހާމަކުރާ ނޫސްވެރިންނާއި ނޫސްތަކަށް ހާއްސަ އެވޯޑެއް ދެނީ
ރައްޔިތުން ބޭނުންވާ މައުލޫމާތު ހާމަކުރާ ނޫސްތަކާއި ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.
ރައްޔިތުން ބޭނުންވާ މައުލޫމާތު ހާމަކުރާ ނޫސްތަކާއި ނޫސްވެރިންނަށް ރައިޓް ޓް އިންފޮމޭޝަން (އާރްޓީއައި) އެވޯޑްގެ ނަމުގައި އެވޯޑެއް ދިނުމަށް ނިންމައިފި އެވެ.

އިންފޮމޭޝަން ކޮމިޝަންގެ އޮފީހުން މިއެވޯޑް ދިނުމަށް ނިންމާފައިވާ ކަން އިއުލާންކުރެއްވީ މިއަދު އެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފޮމޭޝަން ކޮމިޝަނަރު ހުސައިން ފިޔާޒު މޫސާ އެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އަންނަ އަހަރު ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައުލޫމާތު ފިޔާޒު ވަނީ ހިއްސާކުރައްވާފަ އެވެ.

އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އާރްޓީއައިގެ ނަމުގައި އަންނަ އަހަރު މުޅިން އަލަށް ނޫސްވެރިންނާއި މީޑިއާތަކަށް ދޭ އެވޯޑެވެ. މިއެވޯޑް އަމިއްލަ ޖަމިއްޔާތަކަށް ދިނުމަށްވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.

މައުލޫމާތު ހާމަކުރަމުންދާ އިދާރާތަކަށް އަމާޒުކޮށްގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން "ރަންވަނަ" އެވޯޑްގެ ނަމުގައި އެވޯޑެއް ދެމުންގެންދާތާ ތިން އަހަރު ވެއްޖެ އެވެ.

ފިޔާޒު ވިދާޅުވީ ގާނޫނުއަސާސީގެ 29 ވަނަ މާއްދާގައި މައުލޫމާތު ހޯދުމާއި މައުލޫމާތު ދިނުމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު ނޫސްވެރިންނަކީ މައުލޫމާތު ހޯދައި ފެތުރުމުގައި އެންމެ މުހިއްމު ދައުރު އަދާކުރާ އެއް ފަރާތް ކަމަށެވެ. އެހެންކަމުން އެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އަންނަ އަހަރުން ފެށިގެން އާރްޓީއައި އެވޯޑް ނޫސްވެރިންނާއި ނޫސް އިދާރާތަކަށް ދެމުން ގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ މިއެވޯޑް ދޭނީ މައުލޫމާތު ހާމަކުރުމުގެ ދުވަހުގެ ގޮތުގައި މިހާރު ފާހަގަކުރަމުން ގެންދާ ދުވަސް ކަމުގައިވާ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ފިޔާޒު ގެންދަވަނީ ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމަށް ބާރުއެޅުމުގެ ގޮތުން މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވަމުންނެވެ. މައުލޫމާތު ހާމަނުކުރާ އިދާރާތަކާ ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަގީންކަންވެސް ފިޔާޒު ވަނީ ދެއްވާފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް