ads
ފޮޓޯ
ޝޯން އާއި ކެމީލިއާ އެއްކޮށް ކަރަންޓީންގައި
ޝޯން އާއި ކެމީލިއާ ހުރީ މިއާމީގައި ހުންނަ ކެމީލިއާގެ ގޭގައި ކަރަންޓީންގައެވެ.

ހަބަރުތަކުގައި ވާގޮތުން، އެ ދެ މީހުން ކެމީލިއާގެ އާއިލާއާއި އެކު ކަރަންޓީންގެ މުއްދަތު ހޭދަ ކުރާއިރު، ޝޯން އަށް ކެމީލިއާގެ އާއިލާއިން ވަރަށް ރުހެއެވެ. އަދި އެގެއަށް ޝޯން ދިއުމުން އެކަމާ ގޭގެ ހުރާއެންމެން ވެސް ވަރަށް އުފާވާ ކަމަށް ހަބަރުތަކުގައިވެއެވެ. 

މީގެ އިތުރުން، މި ކަރަންޓީނުގެ ދުވަސްތައް ދެމިގެންދާނީ ކިހާ ދުވަހަކަށް ކަން ނޭގޭތީ ދެ ތަރިން ވެސް އެކުގައި އުޅެލުމަށް މި ލިބުނު ދުވަސްތައް ހޭދަކުރަނީ ވަރަށް އުފަލުގައި ކަމަށް ހަބަރުތައް ބުނެއެވެ. އަދި ދެ ތަރިން ގޭގައި ވަގުތު ހޭދަ ކުރުމުގައި އެކުގައި ލަވަ ކިޔާ، ފިލްމު ބަލާ މަޖާ ކުރުމުގައެވެ.

މި ދެ ތަރިންވެސް ފާހަގަ ކުރެވިފައި ވަނީ ވަރަށް ލޯބިން އުޅޭ ދެ މީހުންގެ ގޮތުގައެވެ. އަދި މިގޮތަށް ގިނަ ވަގުތު އެއްކޮށް އުޅެން ލިބުމުން ދެ ތަރިންގެ ދެމެދު އޮތް ލޯބި އިތުރުވަމުން ދާކަމަށް ހަބަރުތައް ބުނެއެވެ. 

ޝޯން އާއި ކެމީލިއާ އަކީ ޒުވާނުންނެ މެދުގައި މަޝްހޫރު ދެ ތަރިންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް