ads
އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީ--
ބޭރަށް ނުދެވޭތީ އަނުޝްކާ، ވިރާޓްގެ ބޯކޮށައި ދެނީ!
މިވަގުތު މުޅި އިންޑިއާ 21 ދުވަހުގެ ލޮކްޑައުނެއްގައި އޮތްއިރު ގިނަ ބަޔަކު ގެއިން ބޭރަށް ނުނިކުމެވޭތީ ފޫހިވެގެން އެކި ކަންކަން ދަނީ ކުރަމުންނެވެ.

މި ދަނޑިވަޅުގައި ބޮލީވުޑުގެ ތަރިން މިވަނީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާއާ ގާތްވެފަ އެވެ. އެމީހުން ކުރަމުންނަ ކަންކަން ސޯޝަލް މީޑިއާގެ ޒަރިއްޔާއިން ހިއްސާކުރަމުން އަންނައިރު ބަތަލާ އަނުޝްކާ ޝަރްމާ މިވަނީ އޭނާގެ ފިރިމީހާ ވިރާޓް ކޯލީގެ ބޯކޮށައިދޭ މަންޒަރު ފެންނަ ވީޑިއޯއެއް ހިއްސާކޮށްފަ އެވެ.

އެގޮތުން ހިއްސާކުރި ވީޑިއޯއެއް ފެނިގެންދަނީ ކަތުރެއް ނަގައިގެން އިނދެ ވިރާޓްގެ ބޯކޮށާ މަންޒަރެވެ. އެގޮތުން މިއީ ކަރަންޓީނުގައި އިންނަން ޖެހުމުންވާ ކަންކަން ކަމަށް ވެސް ބުންޏެވެ. 

ވިރާޓް އާއި އަނުޝްކާއަކީ ބޮލީވުޑުގެ އެންމެ ލޯބި ޖޯޑުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ކަރަންޓީނުގައި ތިބުމުގެ ކުރިން ވެސް މި ދެތަރިންނަކީ ވަރަށް ބޮޑަށް އެކުގައި ވަގުތު ހޭދަކުރާ ދެ ތަރިންގެ ގޮތުގައި ފާހަގަކުރެވެ އެވެ. އެގޮތުން ކުޑަ ޗުއްޓީއެއް ލިބުންނަމަވެސް ދެމީހުން އެކުގައި ވަގުތު ހޭދަކުރާ މަންޒަރު ފެނެ އެވެ. 

ކަރަންޓީނުގައި ތިބެ ވަރަށް އާންމުކޮށް ނުކުރާ ކަންކަން ތަރިން އަންނަނީ ކުރަމުންނެވެ. އެގޮތުން ޝިލްޕާ ވެސް ކުނިކަހާ ވީޑިއޯއެއް އާންމުކުރިއިރު ކެޓްރީނާ ފެނިގެންދިޔައީ ތަށި ދޮންނަނިކޮށެވެ. އަދި ދީޕިކާ ފެނިގެންދިޔައީ އަލަމާރި ސާފުކުރުމުގައި އަވަދިނެތި އުޅޭ މަންޒަރެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް