ads
ކޮވިޑް-19: ފަލަސްތީނުގެ ގްރޫޕްތައް ރާވާފައި ހުރި އެއްވުންތައް ކެންސަލް ކޮށްފި
ފަލަސްތީން ގްރޫޕްތަކުން ގާޒާގައި ހިންގަން ރާވާފައި ހުރި އެއްވުންތައް ކޮރޯނާ ވައިރަސްގެ ސަބަބުން ކެންސަލް ކޮއްފިއެވެ.

މި އިވެންޓްތަކުގެ އޮގަނައިޒަރުން މި ހޮނިހިރު ދުވަހު ބުނިގޮތުގައި ދެން އަންނަ ހަފްތާގައި އިސްރާއީލް ބޯޑަރު ކައިރީ ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑެތި އެއްވުން ތަކާއި މުޒާހަރާތައް ކެންސަލް ކުރުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ކަންތައް ކުރުމަށް ނިންމާފައިވަނީ ފަލަސްތީނުގައި ކޮވިޑް-19 ބޮޑަށް ފެތުރެން ފެށުމުގެ ބިރު ބޮޑު ވުމާއިއެކުގައެވެ.

މި އެއްވުންތަކާއި ހިނގާލުންތަށް ބޭއްވުމަށް ގޮވާލެވިފައިވަނީ މި މަހުގެ 30 ވަނަ ދުވަހު 'ގްރޭޓް މާޗް އޮފް ރިޓާން' ގެ ދެވަނަ އަހަރީ ރަސްމިއްޔާތު ފާހަގަ ކުރުމުގެ ގޮތުންނެވެ. މިއީ ފަލަސްތީނުގެ ރައްޔިތުން އެމީހުންގެ އަމިއްލަ ބިން އަނބުރާ ހޯދުމުގެ ގޮތުގައި ކޮންމެ ހަފްތާ އަކު ކުރިއަށް ގެންދާ އެއްވުންތަކާއި މުޒާހަރާތަކެވެ. 

މިކަހަލަ އެއްވުން ތަކާއި މުޒާހަރާ ތަކުގައި އިސްރޭލީ ސިފައިންގެ އަތުން 215 ފަލަސްތީން ރައްޔިތުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. އަދި އިތުރު 8،000 މީހުން ވަނީ ވަރަށް ބޮޑަށް ޒަހަމަ ވެފައެވެ. ފާއިތުވެ ދިޔަ މަސްތަކުގެ ތެރޭގައި ބޭއްވުނު އެއްވުން ތަކާއި މުޒާހަރާތައް އެހެންނޫނީ ބާއްވާ އެއްވުން ތަކަށްވުރެ ވަނީ މަދުކޮއްފައެވެ.   

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް