ads
ކައުބާ، މައްކާ
10000 އަށް ވުރެ ގިނަ އުމްރާވެރިން ތުރުކީގައި ކަރަންޓީން ކޮށްފި
އުމްރާ ކުރުމަށް ފަހު އެނބުރި ތުރުކީއަށް ދިޔަ އެގައުމުގެ 10000 މީހުން ތުރުކީގައި ކަރަންޓީން ކޮށްފި އެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ސައުދީ އަރަބިއްޔާއިން ވަނީ އުމްރާގެ އަޅުކަން މެދުކަނޑާލާފަ އެވެ. އަދި ހަރަމްފުޅުވެސް މިހާރު ބަންދުކޮށްފަ އެވެ. 

އިންޓީރިއާ މިނިސްޓަރު ސުލެއިމާން ސޯލޫ ވިދާޅުވި ގޮތުގައި، އުމްރާއިން އެނބުރި އައި މީހުންގެ ތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކު ހުރިކަން އެނގުނީ އުމްރާއިން އައި ފަހުން ކުރެވިފައި ޓެސްޓުންނެވެ. މިހެންވެ، އެމީހާއާއެކު އަޅުކަމަށް ދިޔަ 10،330 އަށް ވުރެ ގިނަ މީހުން ވަނީ ކަރަންޓީންކޮށްފައި ކަމަށް ވެސް ވިދާޅުވި އެވެ. 

އޭގެ އިތުރުން ތުރުކީން ވަނީ އުމްރާއަށް ދިޔަ މީހުންގެ ތެރޭގައި ވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަަސްލު އަދަދު ސައުދީ އަރަބިއްޔާއިން ސިއްރު ކޮށްފައިވާ ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ. އެކަމުގެ ސަބަބުން ބަލި ކޮންޓްރޯލްކުރުމަށް އުުމްރާއަށް މީހުން ފޮނުވާފައިވާ ގައުމުތަކަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް ތުރުކީން ބުންޏެވެ. 

ތުރުކީގައި މިހާތަނަށް ކޮވިޑް-19 އަށް 7،402 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މި ވައިރަސް ޖެހިގެން އެގައުމުން 108 މީހަކު ވަނީ މަރުވެފަ އެވެ. 

ސައުދީ އަރަބިއްޔާގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މުޅި މައްކާ އާއި މަދީނާ އޮތީ ލޮކްޑައުންއެއްގަ އެވެ. ސައުދީގައި މި ބައްޔަށް 1،203 މީހަކު ޕޮޒިޓިވްވެފައިވާއިރު، އޭގެތެރެއިން ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް