ads
ކޮމިޝަަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު
ފާއިތުވި އަހަރު އިތުބާރު ހޯދަން ގިނަ މަސައްކަތްތަކެއް ކުރެވުނު: ކޮމިޝަނަރު ހަމީދު
ފާއިތުވި އަހަރު ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންނަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ދެއްވި ބަޔާނުގައި ސީޕީ ވިދާޅުވީ ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވުމުން އޭގެ ފައިދާ މުޖުތަމައަށާއި ފުލުހުންނަށް ކުރާނެ ކަމަށެވެ. އެގޮތުން، މިކަމުގެ ސަބަބުން ފުލުހުންނަށް އެމީހުން މަސައްކަތް ކުރާ މާހައުލަކީ ރައްކާތެރި މާހައުލަކަށް ވެ، ބަލާ މައްސަލަތަކުގެ ނަތީޖާ ފަސޭހައިން ލިބިގެން ދާން ކަމަށެވެ.

ހަމީދު އިތުރަށް ވިދާޅުވީ މި އިތުބާރުގެ ސަބަބަން، ރައްޔިތުންނާއި ފުލުހުންނާ ދެމެދު އޮންނަ ގުޅުން އިތުރުވެ ރައްޔިތުން އެދޭ ގޮތަށް ހިދުމަތްތައް ފޯރުކޮށް ދެވޭނެކަމަށާއި ފާއިތުވި އަހަރު ފުލުހުންގެ ހިދުމަތްތައް ބިނާ ކޮށް ކުރިއަށް ގެންގޮސްފައި ވާނީ ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކަމަށެވެ.

"73 ޕްރޮޖެކްޓް މައްޗަށް އެކުލެވޭ އެ ޕްލޭންގެ 15 ޕްރޮޖެކްޓެއް މިހިނގާ 2020 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި. މިހުރިހާ ޕްރޮޖެކްޓު ތަކެއް ވެސް ތަންފީޒު ކުރަނީ ހުރިހާ ފުލުހުން ހިމެނޭ ގޮތަށް،" ކޮމިޝަނރު ވިދާޅުވި އެވެ.

އަދި މި ޕްރޮޖެކްޓްތައް އެންމެ އެކަށޭނަ ގޮތުގައި ކުރިއަށް ގެންދަން ބޭނުންވާ އިދާރީ އޮނިގަނޑު މިހާރު އެކުލަވާލާފައިވާ ކަމަށް ސީޕީ ވިދާޅުވިއެވެ. 

މި ޕްރޮޖެކްޓްތައް އެންމެ އެކަށޭނަ ގޮތުގައި ހިންގާ ތަންފީޒު ކުރަނީ ބައިނަލްއަގްވާމީ އެކި ފަރާތްތަކާއި އެކުވެރި ގައުމުތަކުން ލިބޭ ފަންނީ އެހިތެރިކަމާއެކު ހުރިހާ މުއައްޒަފުން ޝާމިލްވާ ގޮތައް ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ހަމީދު ވަނީ، ގައުމު މިހާރު މިއޮތް ހާލަތުގައި ފުލުހުން ކުރަމުން އަންނަ މަސައްކަތް ފާހަގަކޮށް، މިފަދަ ކޮންމެ ދަޑިވަޅެއްގައި ވެސް ގައުމުގެ ހިދުމަތުގައި ފުލުހުން ތިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މިވަގުތު އެޗްޕީއޭ އާއި ކަމާބެހޭ ފަރާތްތަކުން ދެއްވާ އިރުޝާދާ އެއްގޮތަށް ހުރިހާ ރައްޔިތުން އަމަލުކޮށް ފުލުހުންގެ މަސައްކަތަށް އެއްބާރުލުން ދެއްވާނަ ކަމަށް އުންމީދު ކުރާ ކަމަށް ކޮމިޝަނަރު ވަނީ ވިދާޅުވެފައެވެ.

ފާއިތުވި އަހަރުގެ ތެރޭގައި މުޖުތަމައު ހޭލުންތެރި ކުރުވުމަށް 54،000 އަށް ވުރެ ގިނަ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައި ވާނެ ކަމަށް ކޮމިޝަނަރު ފާހަގަކުރެވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް