ads
ފޮޓޯ:ޕޮލިސް
އިތުރު 6 އަތޮޅެއްގައި ނެއިބަހޫޑް ސަޕޯޓް ގެ ހިދުމަތް ފަށަނީ
ރާއްޖޭގައި މިހާރު މިއޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމާއެކު ފުލުހުންގެ ނެއިބަހޫޑް ސަޕޯޓް ހިދުމަތް ރާއްޖޭގެ އިތުރު ހަ އަތޮޅެއްގައި ފަށާނެ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ހިދުމަތަށް 87 އަހަރު ފުރުމުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ، 2018 ވަނަ އަހަރު މާލެ ސަރަހައްދުގައި ފެށުނު ނެއިބަހޫޑް ސަޕޯޓް ގެ ހިދުމަތް މިހާރު އައްޑޫ އަދި ފުއައްމުލަކު ސިޓީގައި ރަސްމީކޮށް ފެށިފައިވާކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ ގޮތުން އަތޮޅުތެރޭގައި ހުރި ފުލުހުންގެ މަރުކަޒުތައް އިތުރުކޮށް، ތަރައްގީކޮށް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތްފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ. އަދި ރައްޔިތުން ހުށައަޅާ މަސައްކަތައް ބަލަމުންދާއިރު އެންމެ އެކަށޭނަ ގޮތުގައި އެ މައްސަލައިގެ މައުލޫމާތުތައް ފޯރުކޮށް ނުދެވޭ ކަމުގެ ޝަކުވާއަށް ހައްލު ހޯދުމުގެ ގޮތުން މައްސަލަ ހުށައަޅާ ފަރާތްތަކަށް އެންމެ ފަހުގެ މައުލޫމާތުތައް އެސްއެމްއެސް ގެ ޒަރިއްޔާ އިން ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.

މީގެ އިތުރުން ފުލުހުންގެ ހިދުމަތްތައް ފަސޭހަ ކަމާއެކު އޮންލައިންކޮށް ފޯރުކޮށްދިނުމުގެ ގޮތުން، މާލޭގެ އިތުރުން އަތޮޅު ތަކުގައި ވެސް ސީސީޓީވީ ގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވާކަމަށާއި ޕޮލިސް ރިޕޯޓަށް އޮންލައިންކޮށް ހުށައަޅާ އޮންލައިންކޮށް ލިބޭނެ ގޮތް މަގުފަހި ކުރެވިފައިވާކަމަށް ސީޕީ ވިދާޅުވިއެވެ. އަދި ފުލުހަށް މައްސަލަ ހުށައެޅުމުގައި ލުއި ފަސޭހަ ކޮށްދީފައި ވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ.

ސީޕީ އިތުރަށް ވިދާޅުވީ، ވިކްޓިމް ސަޕޯޓް މެކޭނިޒަމްވެސް އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

ފާއިތުވި އަހަރު ފުލުހުންގެ ހިދުމަތްތައް ބިނާ ކޮށް ކުރިއަށް ގެންގޮސްފައި ވާނީ 2018 ވަނަ އަހަރު އެކުލަވާލެވުނު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ކަމަށް ސީޕީ ހަމީދު ވަނީ ފާހަގަކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް