ads
ޓްރެފިކް އޮޕަރޭޝަނެއްގައި ސްޕީޑް ގަން ބޭނުން ކުރަނީ-- ފޮޓޯ: ފުލުހުން
އަޑުގަދަވާ ގޮތަށް ސައިކަލު ދުއްވާ މީހުންނާ މެދު ފިޔަވަޅު އަޅަނީ
އާންމުންނަށް އުނދަގޫވާނޭހެން އަޑުގަދަވާ ގޮތަށް ސައިކަލުގެ ސައިލެންސަރު ބަދަލުކޮށް ބާރަށް ސައިކަލު ދުއްވާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ކޮމިޝަނަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އާންމުންގެ ގިނަ ބަޔަކު ބޯލަނބާ ކަމަށާއި ނަމަވެސް ބައެއް މީހުންގެ ފަރާތުން އާންމުންނަށް އުނދަގޫވާ ގޮތަށް ސައިކަލުގެ ސައިލެންސަރު ބަދަލުކޮށް ގަދަ އަޑު އިވޭނޭހެން ބާރަށް ދުއްވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިފަދަ "އާންމު މަސްލަހަތަށް ގެއްލުންހުރި އަމަލުތައް" ހުއްޓުވުމަށް ފުލުހުން ހާއްސަ މަސައްކަތްތަކެއް ކުރާނޭ ކަމަށާއި މިކަން ކުރާ މީހުންނާ ދެކޮޅަށް ދައުވާ ކުރާނޭ ކަމަށް ވެސް ކޮމިޝަނަރު ވިދާޅުވި އެވެ.

އާންމު މަސްލަހަތަށް ގެއްލުން ހުރި އަމަލު ކުރުމަކީ ޤާނޫނުލް އުޤޫބާތުން އަދަބުދެވޭ ޖުނަހް ތިންވަނަ ދަރަޖައިގެ ކުށެކެވެ. މިފަދަ ކުށެއް ސާބިތުވެއްޖެ ނަމަ ނުވަ ދުވަހާއި ތިން މަސް ދުވަހާ ދެމެދުގެ ޖަލު ހުކުމެއް އައިސްދާނެ އެވެ.

72%
ކަމުގޮސްފި
3%
އަޑުއެހިތާ މިހުރީ
3%
ސަތޭކައަކުން ސުމެއް
21%
ވަރަށް ސަލާމް
ކޮމެންޓްސް