ads
ރާއްޖޭގެ ރަށެއް--
ރިސޯޓަށް އަރައިގެން ހައްޔަރު ކުރި މީހާއަށް ދައުވާ ކުރަން ފޮނުވައިފި
ރާއްޖޭގެ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން މަނާކޮށްފައިވާ މި ދަނޑިވަޅުގައި ހއ. އަތޮޅުގެ ރިސޯޓަކަށް ދިވެއްސަކު އެރި މައްސަލާގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށް ފަހު، ދައުވާކޮށްދިނުމަށް އެދި މިއަދު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. 

އެ މައްސަލާގައި މާޗް 21 ވަނަ ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ އެ ރިސޯޓުގެ 32 އަހަރުގެ މުވައްޒަފެކެވެ. އޭނާ ރިސޯޓަށް އަރާފައި ވަނީ މާޗް 20 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުނެ އެވެ.

ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ބާރުގެ ދަށުން ވަނީ ރާއްޖޭގެ އެއްވެސް ރިސޯޓަކުން މީހުން އުޅޭ އެއްވެސް ރަށަކަށް މީހުން ދިއުމާއި މީހުން އުޅޭ ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވެސް މަނާކޮށްފަ އެވެ. 

މިއާ ހިލާފަށް އަމަލުކުރާ ފަރާތްތަކަށް ފުލުހުން އަންނަނީ ފިޔަވަޅު އަޅަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް