ads
ސިނަމާލޭ ބްރިޖު-- ފޮޓޯ: ސީއެންއެމް
ބްރިޖުގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ދީފި
ސްކޫލުތައް ހުޅުވުމާ ހަމައަށް ބްރިޖް މަތީގައި 24 ގަޑިއިރު މުދާ އުފުލުމުގެ ހުއްދަ ޓްރާންސްޕޯޓް އޮތޯރިޓީން ދީފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ވަކި މުއްދަތެއް ނެތް ގޮތަށް ސްކޫލުތައް ވަނީ ބަންދުކޮށްފަ އެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ މިއަދުން ފެށިގެން 24 ގަޑިއިރު މުދާ އުފުލާ ހުރިހާ ގިންތިއެއްގެ އުޅަނދު ބްރިޖުގައި ދުއްވޭނެ ކަމަށެވެ.

ކުރިން ކަނޑައަޅާފައި އޮންނަ ގޮތުން ހެނދުނު 09:00 އިން ހަވީރު 03:00 އަށް އަދި ދަންވަރު 01:00 އިން ހެނދުނު 06:00 ބްރިޖުގައި މުދާ އުފުލުން މަނަ އެވެ. 

ސްކޫލުތައް ހުޅުވެންދެން މާލެ ތެރޭގައި ވެސް ހުރިހާ ގަޑިއެއްގައި މުދާ އުފުލޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް