ads
އާތިފް ޝަކޫރު--
މިވަގުތު އެހީ ފޯރުކޮށްދޭންވީ އާންމު ރައްޔިތު މީހާއަށް: އާތިފް ޝަކޫރު
ކޮވިޑް-19 ގެ ސަބަބުން އިގްތިސާދީ ގޮތުން ދަތިތަކަކުން އަރައިގަތުމަށް ސަރުކާރުން ފޯރުކޮށްދޭ އެހީގެ ޕެކޭޖަކުން އެހީ ފޯރުކޮށްދިނުން އެންމެ މުހިންމީ އާއްމު ރައްޔިތު މީހާއަށް ކަމަށް އާތިފް ޝަކޫރު ވިދާޅުވެއްޖެ އެވެ.

ސީއެންްއެމްގެ "އިތުރުކާފު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އާތިފް ވިދާޅުވީ މިވަގުތަށް އެންމެ އިސްކަމެއްދީގެން އެހީ ފޯރުކޮށްދޭންވީ ވަޒީފާ ގެއްލިފައިވާ މީހުންނާއި، ކުލިދައްކަން އުނދަގޫ ފަރާތްތަކާއި އެންމެ ކުޑަ ވިޔަފާރަވެރީންނަށް ކަމަށެވެ.

"ސްޓިމިޔުލަސް ޕެކެޖް ރަނގަޅީ ގޭގެ ވެރިމީހާއަށް ދިނުމުގެ ބަދަލުގައި، އާންމު މީހާއަށް، ކުލި ދައްކާ މީހާ އަށް ރައްދު ކޮށްދެވުނިއްޔާ. ނޫނީ ރިސޯޓް އޯނަރ މީހުން ވަޒީފާއިން ވަކިނުކުރާށޭ ބުނެ އޭނާޔަށް ދިނުން.. މިކަހަލަ ކަންކަން ކުރީމާ އޭގެ ނަތީޖާ ފަހިނޫންކަން އެހެން ގައުމުތަކުގެ ތަޖުރިބާއިން އެނގޭ."

ރިސޯޓު މުވައްޒަފުންގެ ތެރެއިން 11،000 މަސައްކަތްތެރިންގެ ވަޒީފާއިން ވަކިކުރާކަމުގެ ރިޕޯޓުތަކަށް ނިސްބަތްކުރައްވާ އާތިފް ވިދާޅުވީ އޭގެތެރެއިން ބައިކުޅަބައެއްގެ ވަޒީފާ ގެއްލުނު ނަމަވެސް ކުލިދައްކާ އާއިލާއާ އެކު އެތައް ބަޔަކަށް ލޮޅުން އަރާނެ ކަމަށެވެ.

"ވިޔަފާރިތަކާއި ބޭންކުތަކަށް ދެވޭ ޕެކޭޖްތަކަކީ ވިޔަފާރި ހިފެހެއްޓުމަށް ދެވޭ އެހީއެއްކަމަށާއި އޭގަ ބަދަލުގައި އާންމު ފަރުދުންގެ ލެވެލް އަށް ތިލަކުރެވޭނެ ގޮތްތަކެއް ހޯދުނީމަ އޭގެ ފައިދާކުރާނީ" އާތިފް ވިދާޅުވި އެވެ.

ކޮވިޑް-19 ގެ ދަތިތަކުން އަރައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް އިއުލާނުކޮށްފައެވެ. މީގެތެރެއިން އާތިފް ވިދާޅުވީ އެހީ އޭގެ އެންމެ ހައްގުވެރިންނަށް ފޯރުކޮށްދިނުމަށް ދިމާވާ އެންމެ ބޮޑުދައްޗަކީ އެފަދަ މީހުންނަކީ ކޮބައިކަން ފަސޭހައިން ވަކިކޮށް ލިސްޓުކުރެވޭނެ ގޮތެއް ނެތުން ކަމަށެވެ.

"އަޅުގަނޑުމެންގެ މާލީ ނިޒާމް ފަރުމާކުރެވިފައި މިއޮތީ ޓަސްލާފަ މިކަހަލަ ކަމަށް ތައްޔާރުވެވޭފަދަ ގޮތަކަށް ނޫން. އިންކަމް ޓެކްސް ނަގާތާ އަހަރެއްހާ ދުވަސް ފަހުން އަދި ފުރިހަމަ ލިސްޓުތައް އެކުލަވާލެވޭނީ، އަޅުގަނޑުމެން މިތިބީ މިގޮތުން ވަރަށް ގިނަ ގައުމުތަކަށް ވުރެ ފަހަތުގައި،"

ސަރުކާރުންދޭ އެހީތަކުގެ ތެރެއިން އިންޓަނެޓްގެ އަގުހެޔޮކުރުމަށް ސީދާ ސަބްސިޑީއެއް ދިނުމާއި ބޭންކް އޮފް މޯލްޑިވްސް އިން ލޯން މުއްދަތު ހަމަހަށް ފަސްކުރުމުން އެއްވެސް އިންޓްރެސްޓެއް ދައްކަން ނުޖެހޭނެ ގޮތް ހަމަޖައްސާނެ ކަމަށް އުއްމީދު ކުރައްވާކަމަށް އާތިފް ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް