ads
ޓެލިކިލާސް ޔެސްޓީވީން
ޓެލިކިލާސް އަކީ އިތުރު އެހީއެއް، ފިލާވަޅުތައް ހަމަޖައްސާނީ ސްކޫލްތަކުން
ޓީވީއިން ފޮނުވާ ޓެލެކިލާސް ތަކަކީ ދަރިވަރުންނަށް އިތުރު އެހީއެއްގެ ގޮތުން ދޭ ވަސީލަތެއްކަމަށާއި ފިލާވަޅުތައް ހަމަޖައްސާނީ ސްކޫލުތަކުކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފިއެވެ.

އެއްހަފްތާއަށް މެދުކަނޑާލުމަށްފަހު ޓެލެކިލާސްގެ ފިލާވަޅުތައް މިހަފްތާ އަލުން ފެށިއިރު ގްރޭޑް 10 ގެ އިތުރުން ގްރޭޑް 9 އަދި ގްރޭޑް 11 ނިންމާ ދަރިވަރުންނަށް އަމާޒުކޮށް ކިލާސްތައް ތިން ޗެނަލަކުން ދައްކައެވެ.

ގްރޭޑް 10 ގެ ކިލާސް ތައް ހެނދުނު ގެނެސްދޭއިރު ގްރޭޑް 9 އަދި ގްރޭޑް 11 ނިންމާ ކުދިންގެ ކިލާސް ތައް ދައްކަނީ މެންދުރުފަހުއާއި ހަވީރުއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ މި ކިލާސްތައް ގެނެސްދެނީ މާލޭގެ އެކި ސްކޫލްތަކުގެ ޓީޗަރުން އެކި މާއްދާތައް ނަގައިދޭ އުސޫލުންނެވެ.

"ކޮންމެ ސްކޫލަކުންވެސް ގޫގުލް ކްލާސްރޫމް ފަދަ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތް ހަވާލުކުރާނެ. އެސްކޫލެއްގެ ޓީޗަރުންނަށް އެނގޭނީ ފިލާވަޅު ގެންދާނެ ގޮތެއް. ވަރަށް ގިނަ ސްކޫލުތަކުން ދަނީ ޓެލެކިލާހާއި ގުޅުވައިން ވަކި މަސައްކަތްތައް ހަވާލުކުރަމުން. ހުރިހާ ކުދިން ޓީވީ ކުރިމަތީ ތިބެގެން ޓެލެކިލާސް ބަލާތޯ އެއީ މިނިސްޓްރީ ފަރާތުން ބަލާކަންކަމެއް ނޫން"

ގިނަ ސްކޫލުތަކެއްގައި މިހާރު ގޫގުލް ކްލާސްރޫމްފަދަ ވަސީލަތްތައް ބޭނުންކުރެއެވެ. ބައެއް ސްކޫލުތަކުގެ ޓީޗަރުން ފިލާވަޅާއި މަސައްކަތްތައް ދަރިވަރުންނަށް ފޮނުވުމަށް ވައިބަރ ވެސް ބޭނުންކުރެއެވެ.

މިވަސީލަތްތައް ދަރިވަރުންނަށް ލިބޭނޭކަން ޔަގީންކުރުމަށް ޓީވީ އާއި އިންޓަނެޓު ލިބޭތޯ ބަލަމުންދާކަމަށް އިހުސާން ވިދާޅުވިއެވެ. މިހަފްތާގެ ބުދަދުވަހުން ފެށިގެން ޑާޓާ ޕެކޭޖް ދަރިވަރުންނަށް ދެވޭވަރު ވާނޭކަމަށް އިހުސާންވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިހާރު މިވަނީ ދަރިވަރުންނާއި މުދަރިއްސުންނާއި ޓީޗަރުންނަށް ހާއްސަ ޕެކޭޖްތަކެއް ދިރާގާއި އުރީދުއިން ލިބިފައި. އެޕެކޭޖްތައް ފޯރުކޮށްދިނުމަށް ސްކޫލުތަކަށް ގުޅައިގެން ދަރިވަރުންގެ މައުލޫމާތު ހޯދަމުން މިދަނީ މިހަފްތާވެސް. ބެލެނިވެރިން ފޯރުކޮށްދޭ ނަމްބަރަކަށް ހާއްސަ ޕެކޭޖް ފޯރުކޮށްދޭނެ"

އިހުސާން ވިދާޅުވީ ސްކޫލުތަކަށާއި ކިޔެވުމަށް މިއައިސްފައިވާ ބޮޑުބަދަލުގެ ސަބަބުން ދިމާވެފައިވާ އެންމެ ބޮޑުދަތިކަމަކީ ކަރިކިޔުލަމް ފޯރުކޮށްދިންކަމަށެވެ.

"މިޗެލެންޖްގެ ތެރެއިން އަޅުގަނޑުމެންނަށް ވަރަށްގިނަ ކަންކަމެއް ދަސްވެ ފަރިތަވަމުންމިދަނީ، މުސްތަގުބަލުގައި ބޭނުންކުރެވޭނޭ ވަރަށް ގިނަ ހުނަރުތަކެއް މުދައްރިސުންނާއި ދާއިރާގެ އެހެން ފަރާތްތަކަށް ދަސްވެގެން މިދަނީ"

50%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް