ads
މަބްރޫކު---
އިންޓަނެޓް އަގުހެޔޮ ކުރަނީ އެޕްރީލް އެކެއްގައި: މަބްރޫކު
އިންޓަނެޓް އަގުހެޔޮ ކުރަނީ އެޕްރީލް އެކެއްގައި ކަމަށް ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަސެކްރެޓަރީ މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ.

ކޮވިޑް19 އަ ގުޅޭގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކު ވިދާޅުވީ އިންޓަނެޓްގެ އަގުތަކަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން ސަރުކާރުން ޓެލެކޮމް ކޮމްޕެނީތަކާ ދައްކަން ޖެހޭ ވާހަކަތައް ދައްކާ މިހާރު ނިމިފައިވާ ކަމަށެވެ.

އެގޮތުން އިންޓަނެޓްގެ އަގަށް ގެންނަ ބަދަލުތައް ފެށޭނީ އެޕްރީލް މަހުގެ އެއް ވަނަ ދުވަހުން ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅީގެން ޓެލެކޮމް ކުންފުނިތަކުން މާދަމާ އާއި އޭގެ އަނެއް ދުވަހުގެ ތެރޭގައި ގެންނަ ބަދަލުތަކަކީ ކޮބައިކަން ހާމަކޮށްދޭނެ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ކުރިއަށް އޮތް ތިން ވަރަކަށް ދުވަހުގެ ތެރޭގައި އިންޓަނެޓްގެ އަގަށް ހެޔޮ ބަދަލެއް ގެނެސް އެކަން އިއުލާންކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ވަރަށް އަވަހަށް ގޮތެއް ނިންމާ އެކަން އިއުލާންކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

85%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
4%
ސަތޭކައަކުން ސުމެއް
11%
ވަރަށް ސަލާމް
ކޮމެންޓްސް