ads
މާލެ ސަރަހައްދު ކަނޑުއޮޅިން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
މާލެ ތިލަފުށި ލިންކް މަޝްރޫއުގެ މަސައްކަތް ކުރުމަށްޓަކައި މާލެ. ވިލިގިލި، ވިލިގިލި- ގުޅިފަޅު އަދި ގުޅިފަޅު-ތިލަފުށި ކަނޑުއޮޅިން އުޅަނދުފަހަރު ދުއްވާ މީހުން ހައްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނީ ޕްލޭނިން މިނިސްޓްރީން ގްރޭޓާ މާލެ ކަނެކްޓިވިޓީ ރޯޑުގެ މާލެ- ތިލަފުށި ލިންކު މަޝްރޫއުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތް ކުރިޔަށް ގެންދިއުމަށްޓަކައި ބޯހޯލް ތޮރުފުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހާއްސަ ޕްލެޓްފޯމުތަކެއް ބާއްވައިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އެ ޕްލެޓްފޯމު ތަކުގެ ވަށައިގެން 100 މީޓަރު ސަރަހައްދަކީ ކަނޑުގައި ދުއްވާ އުޅަނދު ފަހަރަށް
ނުރައްކާތެރި ސަރަހައްދެއްކަމަށް ފެންނާތީ 26 މާރިޗު 2020 ވަނަ ދުވަހުން ފެށިގެން 30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް މަސައްކަތް ކުރިޔަށް ގެންދާ ސަރަހައްދު ވަށައިގެން 100 މީޓަރު ކައިރިން އުޅަނދު ފަހަރު ދުއްވުމާއި އޮޕަރޭޓްކުރުން މަނާކުރުމަށް ނިންމާފައިވާ ކަމަށް އެއޮތޯރިޓީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 26 މާރިޗު 2020 އިން ފެށިގެން 30 ސެޕްޓެމްބަރު 2020 ގެ ނިޔަލަށް އެޕްލެޓްފޯމު ސަރަހައްދުގެ ވަށައިގެން 100 މީޓަރު ހިމެނޭ ސަރަހައްދަކީ އުޅަނދު ފަހަރު އޮޕަރޭޓް ކުރުމަށް ނުރައްކާތެރި ސަރަހައްދެއްކަމަށްވާތީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެއޮތޯރިޓީން އެދިފައެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް