ads
މިއަދު ހިނގި އެކްސިޑެންޓުގައި---ފޮޓޯ:އެމްވީ ކްރައިސިސް
ރައީސް އޮފީސް މެއިން ގޭޓު ފާރުގައި ޖެހި ލޮރީއެއް އެކްސިޑެންޓު ވެއްޖެ
ރައީސް އޮފީސް މެއިން ގޭޓު ފާރުގައި ޖެހި ލޮރީއެއް އެކްސިޑެންޓު ވެއްޖެއެވެ.

ފުލުހުން ބުނީ ޝަހީދު އަބްދުﷲ ހިނގުން ނިކުމެގެން ބޮޑުތަކުރުފާނު މަގަށް އެޅި ލޮރީއެއް ރައީސް އޮފީސް މެއިން ގޭޓު ފާރުގައި ޖެހި އެކްސިޑެންޓު ވެގެން މިއަދު 11:07 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން އެ އެކްސިޑެންޓު ހިނގާފައިވާ ކަމަށް ބެލެވެނީ ލޮރީގެ ހުންގާނު ތާށިވެގެން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ލޮރީ ދުއްވަން އިނީ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އެމީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސު އޮންނަ ކަމަށާއި ނަމަވެސް ކެޓަގަރީ ނެތްކަން ފުލުހުން ވަނީ ފާހަގަ ކޮށްފައެވެ.

އެއެކްސިޑެންޓުގައި ލޮރީގެ ވާތްފަރާތުން ގޭނިފައިވާ ކަމަށާއި އަދި ރައީސް އޮފީހުގެ ފާރުގައި ލޮރީ ޖެހިފައިވާ ތަނުން ސިމެންތި ކޮޅެއް ނެއްޓިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް