ads
ފޮޓޯ:އެޗްޑީސީ
ހުޅުމާލެ ފްލެޓްތަކުގެ ކުލިން 30 އިންސައްތަ ދައްކޮށްދީފި!
ހުޅުމާލޭގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުލިން 30 އިންސައްތަ ދައްކޮށްދީފި އެވެ.

އެޗްޑީސީ އިން ނެރިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން އާންމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ލުއި ހޯދައިދިނުމުގެ ގޮތުން ކުރިއަށް އޮތް ދެމެހަށް ހުޅުމާލޭގައި އާންމުންނަށް ދޫކޮށްފައިވާ ފްލެޓްތަކުގެ ކުލިން 30 އިންސައްތަ އުނިކުރަން ނިންމާފައިވާކަމަށެވެ.

އެޗްޑީސީ އިން ވަނީ އެ ކުންފުނިން ދޫކޮށްފައިވާ ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ކުލީގެ 30 އިންސައްތަ ކުރިއަށް އޮތް ދެމަހު ދައްކަން ނުޖެހޭނެ ކަމަށް ބުނެފައެވެ.

އެކުންފުނިން ވަނީ މިގޮތަށް ކުލި ދެއްކުމަށް ފޯމެއް ލާންޖެހޭނެ ކަމަށާއި މި ލުއި ލިބިގެން ދާނީ މީގެ ކުރިން ގަވައިދުން ކުލި ދައްކަމުން އައިސްފައިވާ މީހުންނަށް ކަމަށް ބުނެފައެވެ. ގަވައިދުން ފައިސާ ދައްކާފައި ނުވާ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން، އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތްވާ ގޮތަށް ފައިސާ ދެއްކުމަށް ފުރުސަތު ދެވޭނެ ކަމަށް އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގެ ޑައިރެކްޓް ޑެބިޓް މެދުވެރިކޮށް އޭޕްރީލް އަދި މޭ މަހުގެ ކުލި އެއްކޮށް ދައްކާފައިވާ މީހުންނަށް، އެޗްޑިސީ އަށް ޖަމާކޮށްފައިވާ ފައިސާއިން ކޮންމެ މަހަކަށް ވާ 30 އިންސައްތަ އަނބުރާ ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ކުލިން ކުރިއަށް އޮތް ދެ މަހަށް ދީފައިވާ 30 އިންސައްތައިގެ ލުޔަށް ވާ ފައިސަގެ އަދަދު އަނބުރާ ދެއްކުމަށް އެއް އަހަރަށް ވުރެ ކުޑަ ނޫން މުއްދަތެއް ދޭނެ ކަމަށް އެޗްޑީސީ އިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ލުއިތައް ދޭން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

އެކުންފުނިން ވަނީ އެކުންފުނިން ދޫކޮށްފައިވާ ކޮންވެންޝަނަލް ލޯނުތައް އިސްލާމިކް ލޯނު އުސޫލަށް ބަދަލު ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ބަދަލު ގެނެސްފި ނަމަ، ލޯނަށް ކޮމްޕައުންޑް އިންޓްރެސްޓެއް ނާރާނެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް