ads
ފޮޓޯ: ސޯޝަލް މީޑިއާ
ސަފާރީތަކުގައި މަސައްކަތްކުރާ މީހުން މުޒާހަރާ ކުރަނީ
ހައްގުތައް ގެއްލޭކަމަށް ބުނެ ސަފާރީތަކުގައި މަސައްކަތްކުރާ މީހުން ހުޅުމާލެ ޖެޓީ ސަރަހައްދުން މޫދުތެރޭގައި މުޒާހަރާ ކުރަންފަށައިފި އެވެ.

އެގޮތުން މުޒާހަރާގެ ބައެއް ޕޯސްޓަރުތަކުގައި ލިޔެފައިވަނީ ސަފާރީ މުވައްޒަފުންގެ ހައްގުތައް ކޮބައިތޯއާއި، ނޯޕޭ ލީވްއަށް ފޮނުވާ ކަމުގެ ޝަކުވާތަކެވެ. އެހެންކަމުން އައިލާތައް ބަނޑަންޖެހޭ ވާހަކަވެސް މުޒާހަރާގެ ބައިވެރިންގެ ލިޔުން ތަކުގައިވެއެވެ.

ހުޅުމާލޭގައި ސަފާރީތަކުގައި މަސައްކަތްކުރާ މުވައްޒަފުން މުޒާހަރާ ކުރަމުންދާއިރު އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ޕޮލިސް ސާވިސުން ބުނެފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާ ބެހޭ ގާނޫނުގެ 33 ވަނަ މާއްދާގެ (އ) ގެ ހަތަރު ވަނަ މާއްދާއާ، އެ ގާނޫނުގެ 39 ވަނަ މާއްދާގެ ދަށުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮން އެއްވުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ނުދޭން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން މި ދަނޑިވަޅުގައި އެފަދަ އެއްވުންތައް ނޫބޭއްވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށް ފުލުހުން ބުނެއެވެ.

67%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް