ads
ދިރާގުގެ ހެޑް އޮފީސް
ދިރާގުން ހިލޭ ދޫކުރާ ޑޭޓާގެ މިންވަރު އިތުރުކޮށްފި!
ކޮވިޑް-19 އާ ގުޅިގެން ދިރާގުގެ ކަސްޓަމަރުންނަށް ހިލޭ ދޫކުރާ ޑޭޓާގެ މިންވަރު މާދަމާއިން ފެށިގެން އިތުރުކޮށް، ކުރިއަށް އޮތް ދެ މަހަށް ދޭން އެ ކުންފުނިން ނިންމައިފި އެވެ.

ދިރާގުން ނެރުނު ބަޔާނެއްގައި ބުނީ މާޗް މަހުން ފެށިގެން ހިލޭ ޑޭޓާ އެލަވަންސް ދެމުން އަންނަ ކަމަށާއި، އިތުރު ލުއި ދިނުމުގެ ގޮތުން ހިލޭ ޑޭޓާ ދޭ މިންވަރު މާދަމާއިން ފެށިގެން އިތުރު ކުރާނެ ކަމަށެވެ. 

އެގޮތުން ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 140 ޕަސެންޓާ ދެމެދުގެ އަދަދަކަށް ޑޭޓާ އެލަވަންސް އެޕްރީލް މަހާއި މެއި މަހު ދޭން ދިރާގުން ވަނީ ނިންމާފަ އެވެ. 

އޭގެ އިތުރުން މާޝް މަހު ކުރާ ހުރިހާ ބޫސްޓަކަށް 50 ޕަސަންޓު ޑިސްކައުންޓް ދީފައިވާ ކަމަށާއި، އޭޕްރިލް މަހު ވެސް އެގޮތަށް ޑިސްކައުންޓް ދޭނެ ކަމަށް އެ ކުންފުނީގެ ބަޔާނުގައި ވެއެވެ.

މޮބައިލް ކަސްޓަމަރުންގެ ތެރެއިން ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓާއި 70 ޕަސެންޓާ ދެމެދުގެ މިންވަރަށް އިތުރު ޑޭޓާ އެލަވަންސް ދޭނެ ކަމަށާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް މަންތުލީ ޑޭޓާ އެޑް އޮންއަށް އިތުރު 50 ޕަސެންޓް ޑޭޓާ ދޭން ވެސް ވަނީ ނިންމާފަ އެވެ. 

ދިރާގުން ބުނީ އެގޮތަށް އަމަލު ކުރުމުގެ ސަބަބުން 70 ޕަސަންޓަށް ވުރެ ގިނަ ކަސްޓަމަރުންގެ ޑޭޓާ އަލަވްނސް ދެ ގުނަ އިތުރުވާނެ އެވެ. އަދި ހުރިހާ މޮބައިލް ކަސްޓަމަރުންނަށް މަދުވެގެން 50 ޕަސަންޓު އިތުރު ޑޭޓާ ލިބޭނެ އެވެ. 

އޭގެ އިތުރުން ޕެކޭޖުތަކަށް ދޭ އެލަވަންސާއި، ބޫސްޓާއި އެޑް އޮންސްގެ ޑިސްކައުންޓު ރޭޓުތައް ދިރާގު ވެބްސައިޓުގައި އާއްމުކުރާނެ ކަމަށް ބަޔާނުގައި ވެއެވެ. 

ކޮވިޑް-19 ޓާސްކްފޯހުން ބުނެފައި ވަނީ މުވާސަލާތީ ހިދުމަތްދޭ ކުންފުނިތަކުން އިންޓަނެޓުގެ އަގުތަކަށް ގެންނަ ބަދަލުތައް އޭޕްރިލް 1 އިން ފެށިގެން އާއްމު ކުރާނެ ކަމަށެވެ. 

އަދި ރައީސް އޮފީހުން ވެސް މިއަދު ވަނީ ސަރުކާރުން މުވާސަލާތު ކުންފުނިތަކަށް ހުށަހެޅި ގޮތްތައް އާޢްމުކޮށްފަ އެވެ. 

އެގޮތުން އެ ކުންފުނިތަކުން ވަކި ގޮތްތަކަށް އަމަލުކުރުމަށް އެދި ސަރުކާރުން ވަނީ ދަންނަވާފަ އެވެ. 

  1. ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމުގެ ދަށުން އެކަހެރިކޮށްފައިވާ (ކަރަންޓީން އަދި އައިސޮލޭޓް ކޮށްފައިވާ) މީހުންނަށް އެއްވެސް އަގަކާއި ނުލައި އިންޓަނެޓުގެ ހިދުމަތްތައް ފޯރުކޮށްދިނުން.
  2. މި ދަނޑިވަޅުގައި އިންޓަނެޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަމަށް ބަލައި، "ޑޭޓާ ކެޕް" ނުވަތަ އިންޓަނެޓު ޕެކޭޖްތަކުގައި ކަނޑައަޅާފައިވާ "ޑޭޓާ އެލަވަންސް" އިތުރުކޮށްދިނުމާއި، އެ ޕެކޭޖެއްގައި ކަނޑައަޅާފައިވާ ޑޭޓާގެ މިންވަރު ހަމަވުމުން އިތުރު ޑޭޓާއަށް އެދުމަށް ދޫކުރާ "ޑޭޓާ ބޫސްޓާ" ޕެކޭޖުތަކުގެ އަގު ހެޔޮކޮށްދިނުން.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް