ads
ކޮވިޑް-19: ހައްޖު އަދި އުމްރާއަށް ވާނީ ކިހިނެއް؟
ހައްޖު އަދި އުމްރާއާ މެދު ކަންތައް ކުރާނެ ގޮތުގެ މައުލޫމާތު ހައްޖު މިނިސްޓަރު، މުހައްމަދު ސަލާހް ބިންތު ތަހެރް ހިއްސާކޮށްފި އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން ސައުދީ އަރަބިއްޔާއިން ވަނީ ހައްޖުގެ ކަންކަން ފަސްކުރުމަށް އެންމެނަށް އަންގާފަ އެވެ. އަދި މި ބަލީގެ ހާލަތު، މިހާރަށް ވުރެ ރަނގަޅުވެއްޖެނަމަ ހައްޖަށް ދާން ތައްޔާރުވާންވީ ކަމަށް ވެސް ހައްޖު މިނިސްޓަރު ވިދާޅުވެ އެވެ. 

މާޗު މަހުގެ ކުރީކޮޅު ސައުދީ އަރަބިއްޔާ އިން ވަނީ ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތުމާއިއެކު އުމްރާގެ އަޅުކަން މެދުކަނޑާލާފަ އެވެ.

ހައްޖު މިނިސްޓަރު ވިދާޅުވީ، މައްކާގެ ހޮޓެލްތައް ބަލައި ސާފު ކޮށްފައިވާކަމަށެވެ. އެގޮތުން، އުމްރާ މެދުކަނޑާލުމުގެ ކުރިން އުމްރާ އަށް ގޮސްފައިވާ މީހުންނަށް ފަސް ތަރީގެ ހޮޓަލުގައި ތިބެވޭނެ ގޮތް ހަމަޖައްސާ އަދި ސިއްހީ ގޮތުން ފޯރުކޮށްދެވޭނެ އެހީ (މެޑިކަލް އެސިސްޓަންސް) ސައުދީ އަރަބިއްޔާ އިން ފޯރުކޮށްދިން ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި އުމްރާއަށް ދިއުމަށް ލާރި ދައްކާފައިވާ އެންމެންނަށް ލާރި އަނބުރާ ދެވޭނެ އިންތިޒާމުތައް ވެސް ވަނީ ހަމަޖައްސާފަ އެވެ. 

އޭގެ އިތުރުން އަންގާރަ ދުވަހުން ފެށިގެން ގެފުޅު ހުޅުވާލައި 50 މީހުންގެ ގްރޫޕަށް ތޮވާފް ކުރެވޭނެ ގޮތް ވަނީ ހަދައިދީފަ އެވެ. އަދި މިވަގުތު މިއަދަދަށް ވުރެ އިތުރު ނުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ހައްޖު ކުންފުނިތަކުގެ ތައްޔާރީތައް މަޑުޖައްސާލުމަށް ސައުދީން ވަނީ މީގެ އަށް ދުވަސް ކުރިން ވެސް އެދިފައި:

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް