ads
ގއ ދާންދޫ. ފޮޓޯ: ދާންދޫ ކައުންސިލް
ދާންދޫގައި މާރާމާރީ ހިންގާ ބިދޭސީއަކަށް އަނިޔާވެއްޖެ
ގއ. ދާންދޫގައި ރޭ ހިންގި މާރާމާރީއެއްގައި ބިދޭސީއަކާ އިތުރު މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 21:50 ހާއިރު އެރަށު ހޮޓަލެއްތެރޭ ދެމީހަކު ޒުވާބުކޮށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާކަމުގެ ރިޕޯޓެއް ލިބުނުކަމަށެވެ.

ފުލުހުން އެސަރަހައްދަށް ދިޔައިރު އަނިޔާ ލިބުނު 31 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ވަނީ ހެލްތު ސެންޓަރަށް ގެންގޮސްފައި ކަމަށާއި  މައްސަލައިގައި ތުހުމަތު ކުރެވޭ އަނެއް މީހާއަށްވެސް އަނިޔާ ލިބިފައިވާތީ ފުލުހުންގެ އެހީތެރިކަމާއެކު އޭނާ ޑޮކްޓަރަށް ދައްކާފައިވާކަމަށް ފުލުހުން ބުނެ އެވެ.

މިދެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އަދި ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް